ފުވައްމުލަކު ދަނޑިމަގު ކުޅި ސަރައްދުގައި އަލިފާން ރޯވެ، އަނދަނީ!

ފުވައްމުލަކު ސިޓީގެދަނޑިމަގު ކުޅި ސަރައްދުގައި އަލިފާން ރޯވެއްޖެއެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވިދާޅުވީ، އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ފުވައްމުލަކު ދަނޑިމަގު ޗަސް ބިމުގައި ހުރި ހުއިތަކެއްގައި ރޯވެގެން ކަމަށެވެ.

އަލިފާން ރޯވުމާއި ގުޅިގެން އެމްއެންޑީއެފް ސަދަން އޭރިއާ ފުވައްމުލައް ފަޔަރ ސްޓޭޝަނުގެ ސިފައިން ހަރަކާތްތެރިވާން ފަށާފައިވާކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، މިހާދިސާގެ މައުލޫމާތު ލިބިފައިވަނީ މިއަދު މެންދުރު 12:15 ހާއިރު ކަމަށެވެ.

މި ސަރަހައްދަކީ ދޭތެރެ ދޭތެރެއިން އަލިފާން ރޯކޮށްލާ ސަރަހައްދެކެވެ. ބެލެވޭގޮތުގައި މި ސަރަހައްދުގައި ދަނޑު ހައްދަން އުޅުނު ބަޔަކު ތަން ސާފް ކުރުމަށް އެތަނުގައި ރޯކޮށްލި ގަޑީގައި ބޮޑު ސަރަހައްދަކަށް އަލިފާންގަނޑު ފެތުރިގަތީއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ