ރާއްޖޭގެ އެންމެ ދެކުނުން އޮންނަ ފުވައްމުލަށް ސިޓީއަށާއި އައްޑޫ ސިޓީއަށް މޯލްޑިވްސް މީޓިއޮރޮލޮކިލް ސަރވިސް އިން ޔެލޯ އެލާޓް ނެރެފިއެވެ.
އެ ސެންޓަރުން ނެރެފައިވާ ޔެލޯ އެލާޓުގައި ބުނެފައިވަނީ، ފުވައްމުލަށް ސިޓީއިން އައްޑޫ ސިޓީއަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު50 މޭލަށް ވައިގަދަވެ ކަނޑުތައްވެސް ގަދަވާނެ ކަމަށް ލަފާކުރެވޭތީވެ އެސަރަހައްދަށް ޔެލޯ އެލާޓް ނެރޭ ކަމަށެވެ.
މޯލްޑިވްސް މީޓިއޮރޮލޮކިލް ސަރވިސް އިން މި ދެސިޓީއަށް ޔެލޯ އެލާޓް ނެރެފައި ވަނީ މިރޭ 22:30 އިން 01:30 ގެ ނިޔަލަށެވެ.
Yellow Alert for Torrential rain and gusts pic.twitter.com/gJ2sOv6caR
— Maldives Meteorology (@MetMaldives) May 22, 2020
ހުޅަނގު މޫސުމުގެ ވިއްސާރަ މުޅި ރާއްޖެއަށް ކުރަމުންދާއިރު މީގެކުރިން ދެކުނަށް ކުރި ވިއްސާރައިގައި އައްޑޫ ސިޓީގެ ގިނަ ރައްތަކަކަށްވަނީ ފެންބޮޑުވެ ގެއްލުންތަކެއްވެސް ލިބިގެން ގޮސްފައެވެ.
								
											

														
														
														
														
														
														
														