ނޫސްވެރިކަމުގެ އެވޯޑް ހަފްލާއެއްގެ ތެރެއިން - ފޮޓޯ: އަވަސް

ނޫސްވެރިކަމުގެ އިނާމު ދިނުން މެއި ތިނެއްގައި

މޯލްޑިވްސް މީޑިއާ ކައުންސިލުން ދެމުން އަންނަ ނޫސްވެރިކަމުގެ އިނާމުގެ މި އަހަރުގެ އެވޯޑް ހަފްލާ އަންނަ މެއި މަހުގެ ތިންވަނަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލްގެ 2021 ވަނަ އަހަރުގެ 3 ވަނަ ޖަލްސާގައި ނިންމާފައިވާ ގޮތުން، 2020 ވަނަ އަހަރުގެ ނޫސްވެރިކަމުގެ އިނާމު ދިނުމަށް ހަމަޖެހިފައިވަނީ 03 މެއި 2021 ގައެވެ. މެއި މަހުގެ ތިންވަނަ ދުވަހަކީ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހެވެ.

2015 ވަނަ އަހަރު ދޭން ފެށި މި އެވޯޑް ހަފްލާތައް ގިނައިން ބާއްވާފައިވަނީ މެއި މަހުގެ ތިންވަނަ ދުވަހުއެވެ.

ނަމަވެސް ކޮވިޑް-19 އާއި ގުޅިގެން 2019 ވަނަ އަހަރުގެ ނޫސްވެރިކަމުގެ އިނާމު ދިނުމުގެ ހަފްލާ ބާއްވާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ