މޯލްޑިވްސް މީޑިއާ ކައުންސިލް-

މީޑިއާ ކައުންސިލްގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ މެމްބަރަކު މަގާމުން އިސްތިއުފާދެއްވުމާ ގުޅިގެން، ހުސްވި މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެމްއެމްސީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ މެމްބަރު ކަމަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން މިމަހުގެ 17 ވަނަ ދުވަހުގެ 13:30ގެ ކުރިން، މީޑިއާ ކައުންސިލަށް މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު އަދި ފޯމާއި އެކު ހުށަހަޅަން ޖެހޭ ތަކެތި ހޯމް މިނިސްޓްރީއަށް ހުށަހެޅުމަށެވެ.

މީޑިއާ ކައުންސިލުން މަގާމެއް ހުސްވެފައިވަނީ އެ މަގާމުގައި ކުރިން ހުންނެވި މުހައްމަދު ޔާމީން އިބްރާހިމް އިސްތިއުފާ ދެއްވުމުންނެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލް އެކުލެވިގެންވަނީ 15 މެމްބަރުންގެ މައްޗަށެވެ. އެއީ މީޑިއާތަކުން 8 މެމްބަރުންނާއި އާންމުންގެ ތެރެއިން 7 މެމްބަރުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ