ގެއްލިގެން ހޯދަމުންދިޔަ މީހާ ފެނިއްޖެ

ރިޔަލު ދޯންޏެއްގައި މަސްބާނަން ނުކުމެ، ޚަބަރެއް ނުވެގެން ގެއްލިގެން ހޯދަމުންދިޔަ މީހާ ފެނިއްޖެއެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ، އެމީހާ ފެނިފައިވަނީ އިރުއޮއްސި 18:26 ހާއިރުކަމަށެވެ.

18 ފޫޓު ރިޔަލު ދޯންޏެއްގައި އެކަނިމާއެކަނި މިއަދު ފަތިހު 5:30 ހާއިރު ކ.މާފުށިން މަހަށް ފުރި މާފުށީ، ޝޭޑީ ގްލޯވަރ، އަޙްމަދު އާދަމް މަނިކުގެ ޚަބަރެއް ނުވެގެން އެމްއެންޑީއެފްއަށް ރިޕޯޓް ކޮށްފައިވަނީ މިއަދު މެންދުރު 14:08 ހާއިރުއެވެ.

އެމްއެންޑީއެފްއިން ވިދާޅުވި ގޮތުގައި އުމުރުން 81 އަހަރުގެ އަޙްމަދު އާދަމް މަނިކު ފެނިފައިވަނީ ރަންނާޅި ރިޒޯޓުގެ އިރުމަތިންނެވެ.

އަޙްމަދު އާދަމް މަނިކު ހޯދުމުގެ މައްކަތުގައި އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ފާސްޓް އިންޓެސެޕްޓް ކްރާފްޓާއި ސީއެއެމްބިއުލެސެއް ޙަރަކާތްތެރިވެފައި ވެއެވެ.

މާތް ﷲ ގެ އިރާދަފުޅާއެކު އޭނާގެ ޙާލު ރަނގަޅުކަމަށްވެސް އެމްއެންޑީއެފްއިންވަނީ ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ