ތ. އަތޮޅުން ލ. އަތޮޅަސް އެމްޓީސީސީއިން ކުރަމުން އައި ލޯންޗު ފެރީ ދަތުރުތަކުގެ ގަޑިތަކަށް ބަދަލު ގެނެސްފި އެވެ.
އެމްޓީސީސީއިން އާންމުކުރި ތާވަލުގައި ބަދަލު ގެނެސްފައިވަނީ ތ. ވޭމަންޑޫއިން އެ އަތޮޅު ތިމަރަފުށްޓަށް އަދި ތ. ތިމަރަފުށިން ލ. ގަމަށް ހެނދުނު ކުރާ ދަތުރުތަކުގެ ގަޑިއަށެވެ.
ގަޑިޔަށް ގެނައި ބަދަލާއެކު ދުވަހުގެ ފުރަތަމަ ދަތުރުގައި ވޭމަންޑޫން ތިމަރަފުއްޓަށް ދާން ފުރާނީ ހެނދުނު 11:30 ގައެވެ. އަދި ތިމަރަފުށިން ގަމަށް ދާން ފުރާނީ 11:45 ގައެވެ. މީގެ އިތުރުން ގަމުން އަނބުރާ ތިމަރަފުށްޓަށް ދާން ފުރާނީ ހަވީރު 4:00 ޖަހާއިރުއެވެ. އަދި ތިމަރަފުށިން ވޭމަންޑޫ އަށް ހަވީރު 5:25 ގައެވެ.
އެމްޓީސީސީއިން ތ. އަތޮޅާއި ލ. އަތޮޅާ ދެމެދު ލޯންޗު ފެރީގެ ހިދުމަތް ފެށީ މިދިޔަ ޑިސެމްބަރު މަހުގެ ފަހުކޮޅުގަ އެވެ. އަދި އެ ހިދުމަތުގައި ބޭނުންކުރާ ލޯންޗުފަހަރުގެ ކެޕޭސިޓީއަކީ 70 މީހުންނެވެ.