6 މީހުންނާއެކު ދަތުރުކުރި ސަފާރީއެއްގައި ރޯވެ، އަނދައިފި

ހުޅުމާލެއިން ފުރައިގެން ހދ. ހަނިމާދޫއަށް ދަތުރުކުރި ސަފާރީއެއްގައި އަލިފާން ރޯވެއްޖެއެވެ.

ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފްއިން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ، މިހާދިސާ ހިނގާފައިވަނީ ކ. ކާށިދޫގެ ހުޅަނގުން 13 ނޯޓިކަލް މޭލުން ކަމަށާއި، މިސަފާރީ އަކީ "ނައުޓިލަސް ވަން" ނަމަކަށް ކިޔާ ސަފާރީއެއް ކަމަށެވެ.

އެމްއެންޑީއެފްއިން އިތުރަށް ވިދާޅުވީ މި ސަފާރީގައި ތިބީ 5 ދިވެހިންނާއި ބިދޭސީއެއް ކަމަށެވެ. މިމީހުންނަކީ އެސަފާރީގެ ފަޅުވެރިންކަމަށާއި މިމީހުން މިހާރުތިބީ އެ ސަފާރީގެ ޑައިވިން ދޯނީގައި ކަމަށްވެސް މަޢުލޫމާތު ދެއްވިއެވެ.

މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައިވާކަމަށް އަދި ރިޕޯޓް ލިބިފައިނުވާއިރު، އެމްއެންޑީއެފުން ވިދާޅުވީ ސަފާރީގައި ރޯވެގެން ހަބަރު ލިބުމާއެކު އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ޓީމުގެ ލޯންޗެއް އަލިފާން ނިއްވުމަށް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އަދި އަލިފާން ނިއްވަން މަސައްކަތް ކުރަމުންދަނިކޮށް 6:44 ހާއިރު، ސަފާރީ އަޑިއަށް ގޮސްފައިވާ ކަމަށެވެ.

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ