އިދިކޮޅުގެ މުޒާހަރާއިން ހައްޔަރުކުރި އެންމެން ދޫކޮށްލައިފި

އިދިކޮޅު ކޯލިޝަނުން އިއްޔެ މާލޭގައި ބޭއްވި މުޒާހަރާއިން، ހައްޔަރު ކުރި އެންމެން ދޫކޮށްލައިފިއެވެ.

ޕީޕީއެމް އަދި ޕީއެންސީ އިންއިއްޔެ ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން  ކޯލިޝަން ވަގުތީގޮތުން ހިންގެވުމާ ޙަވާލުވެ ހުންނެވި ޕީ.އެން.ސީ ގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ، ޕީ.އެން.ސީ ގެ ނާއިބު ރައީސް އިބްރާހީމް ސުޖާޢު، ކައުންސިލްގެ މެންބަރުން އަދި ޕާޓީގެ ސަޕޯޓަރުންގެ ތެރެއިން 24 މެންބަރުން ހައްޔަރުކޮށްފައިވާކަމަށް އިދިކޮޅުން ބުނެފައިވެއެވެ.

އިދިކޮޅުން އިއްޔެ މުޒާހަރާއަށް ނުކުމެފައިވަނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަބްދުލްގައްޔޫމްގެ މައްޗަށް ކުރި މަނީ ލޯންޑްރިންގެ ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން ތާއީދު ކުރުމާ ގުޅިގެން އެމަނިކުފާނު މިނިވަން ކުރުމަށާއި ލޯކަލް ކައުންސިލް އިންތިހާބު އަވަސް ކުރަން ގޮވާލާ ސީދާ ހަރަކާތަށް ނުކުތުމަށް ނިންމައި ގަރާރެއް ފާސްކޮށްފައެވެ.

އިދިކޮޅުން ބުނީ، ވާދަވެރި ކޯލިޝަންގެ ސަޕޯޓަރުން އިލެކްޝަންސް ކޮމިޝަން އިދާރާ ދޮށުގައި ޞުލްޙަވެރިކަމާއެކު އިޙްތިޖާޖްކޮށް، އަޑުއުފުލުމުން، އަނިޔާވެރިކަމާއެކު ޤާނޫނުން ބޭރުން އެ އެއްވުން ރޫޅާލައިފައިވާކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ