މޫސާ ސިރާޖް އެމްޑީޕީން ވަކިވެ މުއިއްޒުއަށް ތާއީދުކުރަން ނިންމައިފި

ފޮނަދޫ ދާއިރާގެ އެމްޑީޕީ މަޖިލިސް މެންބަރު މޫސާ ސިރާޖް، އެ ޕާޓީން ވަކިވެވަޑައިގެންފިއެވެ.

މޫސާ ސިރާޖް އެމްޑީޕީން ވަވިވެވަޑައިގަންނަވަން އެ ޕާޓީއަށް ފޮނުވި ސިޓީގައި ވިދާޅުވެފައިވަނީ، ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ މެންބަރެއްގެ ގޮތުގައި އިތުރަށް ހުންނަވަން ބޭނުންފުޅުނުވާތީވެ، މިއަދުން ފެށިގެން އެ ޕާޓީން ވަކިވެވަޑައިގެންފައިވާ ކަމަށެވެ.

އިތުރު ސިޔާސީ ޕާޓީއަކާއި މިހާ ހަމައަށް ގުޅިވަޑައިގެންނެވިކަން މޫސާ ސިރާޖް ހާމަ ނުކުރެއްވިނަމަވެސް، ދާދި ދެންމެއަކު އޭނާ ވިދާޅުވީ، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒުއަށް ތާއީދުކުރަން ނިންމަވާފައިވާ ކަމަށެވެ.

"ރިޔާސީރޭހުގައި ޑރ. މުއިއްޒު އަށް ތާއީދުކުރަން އަޅުގަނޑު ނިންމައިފިން. 2018 ވަނަ އަހަރު ރިޔާސީ އިންތިހާބުގައި ލާމު އަތޮޅުން އެމްޑީޕީ ކެނޑިޑޭޓް ކުރި ހޯދިކަމުގައިވިޔަސް މިއިންތިހާބުގައި އަޅުގަނޑުމެން އެކަން ބަދަލުކުރާނަން." މޫސަ ވިދާޅުވެފައިވެއެވެ. 

ރިޔާސީ އިންތިޚާބުގެ ވޯޓުލުމަށް ހަމަޖެހިފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 9 ވާ ހޮނިހިރު ދުވަހުއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ