ކޮވިޑް-19 ކޭސްތައް ކުރިއާއި އަޅާބަލާއިރު މިހާރު އިތުރުވަމުން އަންނައިރު، އެކަމުގެ ޒިންމާ ރައްޔިތުންގެ ބޮލުގައި ނޭޅުވޭނެކަމަށް ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ކޮވިޑް-19 ގައި މަރުވާ މީހުންގެ އަދަދާއި އަދި ބަލި ޖެހޭމީހުންގެ އަދަދު އިތުރުވަމުން ދާތީވެ އެކަމަނާ ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ދުންޔާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިކަމުގެ ޒިންމާ އާންމު ރައްޔިތުންގެ ބޮލުގައި ނޭޅުވޭނެކަމަށެވެ. އަދި ސަރުކާރުން ސިނަމާތައް ފަދަ ތަންތަން ހުޅުވުމުން އެ ދެވެނީ ކޮންކަހަލަ މެސެޖެއްތޯ ދުންޔާ ސުވާލު އުފައްދާފައިވެއެވެ.
މީގެ އިތުރުން ކޮވިޑް-19 އަށް އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަށުކަށި ކުރުމަށް ދުންޔާ ވަނީ ގޮވާލައިފައެވެ.
Yes indeed so true. Saddening to hear of deaths & #Covid_19 numbers rising. We cannot just blame people for being lax. When kind of message is the Government giving when they are opening cinemas and pretending life is ‘normal’. I call for stricter measures to be enforced! https://t.co/Exbdc1KC2L
— Dunya Maumoon (@dunyamaumoon) January 26, 2021
ދުންޔާ މިހެން ވިދާޅުވިއިރު، ކޮވިޑް-19 ގެ ޕޮސިޓިވް ކޭސްތައް ދަނީ ހަލުވިކަމާއެކު އިތުރުވަމުން ކަމަށާއި، މިހާރުން ފެށިގެން ހަރުކަށި ފިޔަވަޅުތައް އަޅަން ޖެހޭކަމަށް ކުރީގެ ރައީސް މައުމޫން ޢަބްދުލް ޤައްޔޫމްވެސް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ ފަނަރަ ހާހުން މައްޗަށް އަރާފައެވެ. އަދި މަރުވި މީހުންގެ އަދަދު ވަނީ 51 އަރައިފައެވެ.




2 Responses
މަމެން ބަސްނާހާ އައްޗިކޮށް ގައިދުރު ނުކޮށް އުޅުނީމަ މަމެން ނުބޭނުމޭ ސަރުކާރުގެ ބޮލަށް ޖަހާކަށެއް. ސަރުކާރަކުންވެސް ނުބުނެތޭ މަމަމެންގެ ބޮލަށް ޖެހީއެކޭ. ކަމާބެހޭ މީހުން އަބަދު ޢެކިޔަނީ ދޭތެރެ ދުރުކުރާށޭ. މަންޖެ ކޮސްނުތަޅާ ހުރެގަ! އޭރުންދޯ ރީތިވާނީ!!!
ސާބަހޭ ކަމަނާ…ފިސާރި ކަނބަ ލެއް..