އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ ސަޕޯޓަރުން ފިނޭންސް މިނިސްޓްރީ ކައިރިއަށް ޖަމާވެ މުޒާހަރާ ކުރަން ފަށައިފިއެވެ.
މުޒާހަރާގެ ބައިވެރިން ގޮވާލަމުން ދަނީ އިންކަމް ސަޕޯޓް އެލަވަންސްގެ އިންސާފުވެރި ކަމެއް ނެތް ކަމާއި ކުންފުނިތަކަށް ފައިސާ ދޫނުކޮށް ފިނޭންސް މިނިސްޓްރީއިން ހިފަހައްޓާ ކަމަށް ބުނެ އެ ކަންކަން ހުއްޓާލުމަށެެވެ.
އެ ސަރަހައްދުގައި ކޯލިޝަންގެ ލީޑާޝިޕްގެ ބޭފުޅުންގެ ތެރެއިން މި ވަގުތު ތިއްބެވީ ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ޣައްސާން މައުމޫން އާއި، ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރާއި، ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ނިމާލެވެ.
އިދިކޮޅުން ސިލްސިލާކޮށް ކުރަމުންގެންދާ މުޒާހަރާތަކުގެ ތެރެއިން، އިދިކޮޅު ކޯލިޝަންގެ އެކްޓިން ލީޑަރު އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) އާއި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ހައްޔަރުކޮށްފައެވެ.