އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީ ކޯލިޝަންގެ އެކްޓިން ލީޑަރު އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) އާއި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ކްރިމިނަލް ކޯޓުން ދޫކޮށްލައިފިކަމަށް އިދިކޮޅުން ބުނެފިއެވެ.
ވެކްސިންއާ ގުޅޭ މައުލޫމާތު އާންމު ކުރަން ގޮވާލައި އިދިކޮޅުން އިއްޔެ ބޭއްވި މުޒާހަރާއެއްގެ ތެރެއިންނެ މި ދެމީހުން ހައްޔަރު ކުރުމަށްފަހު ރޭ ވަނީ ދޫނިދޫއަށް ބަދަލުކޮށްފަ އެވެ.
ކްރިމިނަލް ކޯޓުން މި ދެމީހުން ޝަރުތުތަކަކާއެކު ދޫކޮށްލިއިރު، ޝަރުތުކޮށްފައިވަނީ، މާލެއިން ބޭރަށް ފުރާއިރު ލިޔުމުން ފުލުހުންގެ ހުއްދަ ހޯދުމާއި، ފުލުހުންގެ ތަހުގީގަށް އެއްބާރުލުން ދިނުމާއި، މިހާރު އުޅޭ އެޑްރެހާއި ފޯނު ނަމްބަރު ބަދަލުވެއްޖެ ނަމަ ފުލުހުންނަށް އެންގުމެވެ.
މި ޝަރުތުތަކަށް 30 ދުވަހުގެ މުއްދަތަށް އަމަލުކުރަން ޖެހޭނެއެވެ.




