ލ. ގަން-މުކުރިމަގުގެ ބަނދަރު އަލުން ފުންކުރުމުގެ މަސައްކަތް އެމްޓީސީސީ އިން ފަށައިފި

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން ލ. ގަން-މުކުރިމަގުގެ ބަނދަރު އަލުން ފުންކުރުމުގެ މަޝްރޫޢުގެ ދަށުން، ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކޮށް ޢަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.

އެމްޓީސީސީ އިން ވިދާޅުވީ، މި މަޝްރޫޢުގެ ދަށުން، 5،454 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ވަންނަން އޮންނަ ނެރު އަލުން ފުންކުރުމާއި، 1،938 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ފަޅު އަލުން ފުންކުރުމުގެ މަސައްކަތް ހިމެނޭ ކަމަށްވެސް އެމްޓީސީސީ އިން ވިދާޅުވިއެވެ.

މި މަޝްރޫޢަކީ 45 ދުވަހުގެތެރޭ ނިންމަން ކަނޑައަޅާފައިވާ މަޝްރޫޢެއް ކަމަށްވެސް އެމްޓީސީސީ އިން ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ