ރައީސުލްޖުމްހޫރިއްޔާ ކޮވިޑް ވެކްސިން ޖައްސަވައިފި

ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ކޮވިޑް ވެކްސިން ޖައްސަވައިިފިއެވެ.

ރާއްޖޭގައި ކޮވިޑް ވެކްސިން ޖެހުމުގެ މަސައްކަތް މިއަދު ފަށާފައިވާއިރު އެ ވެކްސިން ޕްރޮގްރާމުގެ ދަށުން ރައީސް ވެކްސިން ޖައްސަވާފައިވާއިރު އެ ސަރަހައްދުގައި 15 މިނެޓް އެމަނިކުފާނު ވެސް މަޑުކުރައްވާނެ އެވެ.

ރައީސް ސޯލިހަށް ފަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ވެކްސިން ޖައްސަވާފަ އެވެ. ރާއްޖެއިން އެންމެ ފުރަތަމަ ވެކްސިން ޖެއްސެވި ބޭފުޅުންގެ ތެރޭގައި މި ބޭފުޅުން ވެސް ހިމެނިވަޑައިގަންނަވާއިރު އެންމެ ފުރަތަމަ ވެކްސިން ޖައްސަވާފައި ވަނީ ހުޅުމާލޭ ކޮވިޑް ފެސިލިޓީއާ ހަވާލުވެވަޑައިގެން ހުންނެވި، ޑރ،. ޝިރާނީ އަބްދުއްރަހީމެވެ.

ރާއްޖެއަށް މިހާތަނަށް ގެނެސްފައިވާ ހަމައެކަނި ވެކްސިނަކީ އިންޑިއާ އިން ހަދިޔާކުރި ކޮވިޝީލްޑް ވެކްސިނެވެ. މި ވެކްސިނަކީ އޮކްފޯޑާއި އެސްޓްރެޒެނިކާގެ ދިރާސާގެ މައްޗަށް އުފައްދާފައިވާ ވެކްސިނެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ