މިޔަންމާއަށް ބަޣާވާތެއް ގެނެސް، އަސްކަރިއްޔާއިން ވެރިކަމުގެ ބާރުތައް އަތުލައިފިކަމަށް އަސްކަރިއްޔާއިން އިއުލާންކޮށްފިއެވެ.
އަސްކަރިއްޔާއިން ބާރުވެރިވީ، މިޔަންމާގެ ލީޑަރު އަންގް ސަން ސޫ ކީ އާއި ދައުލަތުގެ އިސްވެރިން އަދި ޕާޓީ ތަކުގެ އިސްވެރިންވެސް ހައްޔަރު ކުރުމަށް ފަހު ހިންގި ބަގާވާތުގައެވެ.
އެ ގައުމުގެ އަސްކަރީ ޓީވީން އެ ގައުމުގައި މިހާރު ވަނީ ކުއްލި ނުރައްކަލުގެ ހާލަތުވެސް އިއުލާންކޮށްފައެވެ.
އަސްކަރިއްޔާއިން އިއުލާންކޮށްފައިވާގޮތުގައި ދެން އެ ގައުމުގައި ވެރިކަން ކުރާނީ ކޮމާންޑާ އިން ޗީފް މިން އޯންގް ލެއިންގް ކަމަށެވެ. އ އަދި އެއީ އިންތިހާބުގައި މަކަރު ހަދާފައި ވާތީ ކަމަށް ބުންޏެވެ.
މިޔަންމާ އިން ވަނީ ފޯނާއި އިންޓަނެޓުގެ ހިދުމަތް މިއަދު މެދުކެނޑިފައެވެ. އަދި ދައުލަތުގެ ޓީވީގެ ހިދުމަތް މިހާރު ވަނީ މެދުކެނޑިފައެވެ.




