120 ފޫޓުގެ ބާޖެއް ކަނޑުމައްޗަށް ގެއްލިގެން ހޯދަނީ

120 ފޫޓުގެ ބާޖެއް ކަނޑުމައްޗަށް ގެއްލިގެން ހޯދަން ފަށައިފިއެވެ.

ގެއްލިގެން ހޯދަމުންދަނީ ކ.ތިލަފުށިން ފުރައިގެން ވ.ކުނާވައްޓަށް ކަފުޖަހައިގެން ދަތުރުކުރަމުންދިޔަ "ލިއޯ-ޖެމް2" ނަމަކަށް ކިޔާ ބާޖެކެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވިދާޅުވީ، ކުނާވަށީގެ ބޭރުން5 ނޯޓިކަލް މޭލު ބޭރުން ވާކަނޑައިގެންގޮސް އެ ބާޖު ގެއްލިގެން، އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

"މި ސަރަހައްދުން ދަތުރުކުރާ އުޅަނދފަހަރު މިކަމަށް ސަމާލުކަންދެއްވުން އެދެން." އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފްއަށް ލިބިފައިވަނީ މިރޭ 22:33 ހާއިރު ކަމަށެވެ.

މިލިޔުން ކިޔާލުމުން
12
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ