ހުޅުމާލެ މީރާ ކަލެކްޝަން ސެންޓަރުގެ ޚިދުމަތް ދޭ ގަޑިތަކަށް ބަދަލު ގެނެސްފި

ހުޅުމާލެ މީރާ ކަލެކްޝަން ސެންޓަރުގެ ޚިދުމަތް ދޭ ވަގުތަށް ބަދަލު ގެނެސްފިއެވެ.

މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ވިދާޅުވީ. މިގޮތަށް ބަދަލު ގެނެސްފައިވަނީ ދިވެހިރާއްޖޭގައި ކޮވިޑް 19 ފެތުރުން އިތުރުވެފައިވާތީކަމަށެވެ.

އެގޮތުން އެ ސެންޓަރުން ޚިދުމަތް ދިނުމަށް ނަންބަރު ދޫކުރާނީ ހެނދުނު 08:15 އިން މެންދުރުފަހު 12:00 އަށެވެ. އަދި މިހާރު ޢަމަލު ކުރަމުންދާ ގޮތަށް، މީރާގެ ސަރވިސް ސެންޓަރުން ޓޯކަން ނަންބަރު ދޫކުރުމުގެ ބަދަލުގައި ޓޯކަން ނަންބަރު ދޫކުރާނީ މީރާގެ މޯބައިލް އެޕްލިކޭޝަން އަދި "ކިއު-ބީ" އެޕްލިކޭޝަން މެދުވެރިކޮށެވެ. މި އެޕްލިކޭޝަންތައް މެދުވެރިކޮށް އޮންލައިން ޓޯކަން ނެގެން ނެތްނަމަ، މީރާގެ ފޯނު ނަންބަރު 3020460 އާ ގުޅައިގެން ޚިދުމަތް ހޯދުމަށް އެޕޮއިންޓްމަންޓް ހެއްދުމުގެ އިންތިޒާމުވަނީ ހަމަޖެހިފައިވާކަމަށްވެސް މީރާއިން ވިދާޅުވިއެވެ.

މީރާއިން މިބަދަލު ގެންނަން ނިންމާފައިވަނީ 7 ފެބުރުވަރީ 2021 އިން ފެށިގެންނެވެ.

އިތުރަށް ވިދާޅުވީ، އެއޮތޯރިޓީއަށް ހުށަހަޅާ އެންމެހައި ޓެކްސްބަޔާނާއި ދައްކާ އެންމެހައި ޓެކުހާއި އެހެނިހެން ފައިސާ އޮންލައިންކޮށް ދެއްކުމުގެ އިންތިޒާމު ހަމަޖެހިފައިވާކަމަށާއި، ކޮވިޑް 19 ގެ ކޭސްތައް އިތުރުވަމުންދާ މި ދަނޑިވަޅުގައި ޚިދުމަތް ހޯއްދަވާ އެންމެހައި ފަރާތްތަކުން އޮންލައިންކޮށް ޚިދުމަތް ހޯއްދެވުމަށް އިލްތިމާސްކުރާކަމަށެވެ.

އަދި އެއްވެސް ފޯމެއް ހުށަހަޅުއްވަން ބޭނުންފުޅުވާނަމަ، އެ ފޯމުގައިވާ އީ-މެއިލް އެޑްރެހަށް ފޯމު އީ-މެއިލް ކުރެއްވުމަށާއި މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން ވެސް މި އޮތޯރިޓީގެ ހޮޓްލައިން 1415 އަށް ގުޅުއްވައިގެން ނުވަތަ 9821415 މި ނަންބަރަށް ވައިބަރ މެދުވެރިކޮށް މެސެޖް ކުރައްވައިގެން ނުވަތަ mira.gov.mv@1415 އަށް އީ-މެއިލް ކުރައްވައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްވެސްވަނީ ދަންނަވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ