އަރަބި ކަނޑުގައި އުފެދުނު ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެ ބާރުގަދަވަނީ

ރާއްޖެއާ ދުރުން އަރަބި ކަނޑުގައި އުފެދުނު ބާރުގަދަ ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެފައިވާކަމަށް ދިވެހިރާއްޖޭގެ މޫސުމާބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ވިދާޅުވެއްޖެއެވެ.

މެޓް އޮފީހުން ވިދާޅުވީ، ރާއްޖެއާ ދުރުން އަރަބި ކަނޑުގައި އުފެދުނު ބާރުގަދަ ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެފައިވާ ކަމަށާއި، އެ ތޫފާނަށް ދީފައިވާ ނަމަކީ "ވާއްޔު" ކަމަށެވެ.

މިއަދުގެ ސެޓްލައިޓް ފޮޓޯ - ފޮޓޯ: މެޓް

މެޓް އޮފީހުން ވިދާޅުވީ، ތޫފާން "ވާއްޔު" ކުރިއަށް އޮތް 12 ގަޑިއިރުގެ ތެރޭގައި ބާރުގަދަ ތޫފާނަކަށް ބަދަލުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އިންޑިއާގެ ގުޖުރާތަށް މި ތޫފާނުގެ އަސަރު ބުރާސްފަތި ދުވަހު ކުރާނެ ކަމަށް ބެލެވެތީވެ އެ ސިޓީގެ ސުކޫލުތައް މިހާރުވަނީ ބަންދުކުރާ ގޮތަށް ހަމަޖައްސައިފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ