ބާރުގަދަ ތޫފާން ޓައުޓްޓައި މިރޭގެ ވަގުތެއްގައި އިންޑިއާގެ ހުޅަނގުގެ ސްޓޭޓެއްކަމަށްވާ ގުޖުރާތައް އަރާނެ ކަމަށް މޫސުމާބެހޭ އިދާރާތަކުން ލަފާކޮށްފިއެވެ.
ބެލެވޭ ގޮތުގައި މިއީ 1998 ވަނަ އަހަރަށްފަހު މިސަރަހައްދަށް އަރާ އެންމެ ބާރުގަދަ ތޫފާނެވެ. މި ތޫފާނާއި ގުޅިގެން ފާއިތުވެދިޔަ ދެދުވަހު މިސަރަހައްދަށް ގަދަ ވަޔާއެކު ކުރި ވިއްސާރައިގައި ހަމީހުން މަރުވެ އެތައްހާސް ބަޔަކުވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލު ކޮށްފައެވެ.
ތޫފާން ޓައުޓްޓައި އިންޑިއާއަށް މި އަރަނީ ކޮވިޑް-19ގެ ދެވަނަ ރާޅަކާއި ގުޅިގެން މުޅި އިންޑިއާގެ ސިއްހީ ނިޒާމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެ އެހެން ގައުމުތަކުގެ އެހީއަށް އެދެން މަޖުބޫރުވެފައިވާ ދަނޑިވަޅެއްގައެވެ. މިހެންކަމުން ތޫފާނާއި ގުޅިގެން އިތުރު މީހުން ތަކަކަށް ސިއްހީ އެހީތެރިކަން ފޯރުކޮށްދޭން ޖެހިއްޖެނަމަ މިކަންތައް ވެގެންދާނީ އިންޑިއާގެ ސިއްހީ ނިޒާމު އިތުރަށް ދަށަށްދާނެ ކަމަކަށެވެ.

ގުޖުރާތާއި އަވައްޓެރި މަހާރަސްތުރަ ހައި އެލާޓުގައި އޮތްއިރު މީހުން އައްނަނީ ސަލާމަތްތެރި ސަރަހައްދުތަކަށް ބަދަލުވެ އަދި ބަދަލުވެވެން ނެއް ފަރާތްތަކުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުންނެވެ.
މިދުވަސްވަރަކީ ދެކުނު އޭޝިއާގެ ގިނަ ގައުމުތަކަކަށް މޫސުން ގޯސް ދުވަސްވަރެކެވެ.