ކުރިޔަށްއޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އިދިކޮޅު ކޯލިޝަނުން މާލޭ ސިޓީގެ މޭޔަރ ކަމަށް ވާދަކުރައްވާ ކުރީގެ ހައުސިން މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒުއަށް ތާޢީދުކުރައްވާ ކުރީގެ މެންބަރު އަޙްމަދު ނިހާން ޙުސައިން މަނިކު ވާހަކަފުޅު ދައްކަވައިފިއެވެ.
ޑރ. މުޢިއްޒުއަށް ތާޢީދު ކުރައްވާކަން ނިހާން ހާމަ ކުރައްވާފައިވާއިރު، ނިހާން ވަނީ ރައީސް ޔާމީންގެ ވެރިކަން ނިމުމާއެކު ޕީޕީއެމްއިން ވަކިވެވަޑައިގެން ސަރުކާރު ކޯލިޝަންގެ ބައިވެރިއެއްކަމަށްވާ ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގެންފައެވެ.
ނިހާން ވިދާޅުވެފައި ވަނީ ޑރ މުޢިއްޒުއަކީ ޤާބިލު، އިތުބާރުހުރި، ހަރުދަނާ، ޚުލްޤުހެޔޮ، ތަޢުލީމީ ބޭފުޅެއްކަމަށާއި މާލޭގެ މޭޔަރުކަމަށް ޑރ. މުޢިއްޒު އެއްވަނަ ވާނެކަމަށެވެ.
ޑރ. މުޢިއްޒު ވަނީ އެކަނިކުފާނުގެ ކެމްޕެއިން ޓުވިޓާއާއި ފޭސްބުކު އަދި ޔޫޓިއުބާއި ޓިކްޓޮކުގެ އިތުރަށް އިންސްޓަގުރާމުގައިވެސް ފަށާފައެވެ.
މާލޭ ސިޓީގެ މޭޔަރު ކަމަށް ޑރ. މުޢިއްޒުއާއިއެކު ދެން ވާދަކުރައްވަނީ އަމިއްލަ ގޮތުން ވާދަކުރައްވާ ކެނޑިޑޭޓް ކުރީގެ މެންބަރު ޢަލްހާން ފަހުމީއާއި، ވެރިކަން ކުރާ ކޯލިޝަންގެ މައިޕާޓީ އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ އެޕާޓީގެ ކުރީގެ ސެކެއްޓަރީ ޖެނެރަލް އަނަސް ޢަބްދުއްސައްތާރުއެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު އަންނަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ. ނަމަވެސް ކޮވިޑާއި ގުޅިގެން އެޗްޕީއޭއިން ނެރެފައިވާ އުސޫލުގެ ސަބަބުން އިންތިޚާބު ބޭއްވުމަށްޓަކައި އިތުރު ހުރަސްތައް ކުރިމަތިވާކަމަށް ބުނެ، އިންތިޚާބު ފަސްކޮށްދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް އެ ކޮމިޝަނުން ވަނީ ނިންމާފައެވެ.
3 Responses
ވަގުން ވަގުންނަށް ތާއީދު ކުރުމަކީ ޙަޤީޤަތެއް.
މުއިއްޒުއައްވޯޓުދިނންވަރަައްރަގަޅު މިއައްވުރެރަނގަޅުމީހަކުމޭޔަރުކަމަކައްނެތް
thaaeedhu kuraane kameh neiy. laari fahathun dhuvaa meehunakah ithubaareh neiy.