އައްޑޫ ސިޓީ މޮނިޓަރިންއަށް ލައިފިއެވެ.
އައްޑޫ ސިޓީ މޮނިޓަރިންއަށް ލާފައި މިވަނީ ހިތަދޫ ފުލޫކްލިނިކަށް ދެއްކި ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ. މި ދެމީހުންގެ ތެރެއިން އެކަކީ ހިތަދޫގައި ދިރިއުޅެމުން އަންނަމީހެކެވެ. އަދި އަނެއްމީހާއަކީ އައްޑޫ ސިޓީގެ އެހެން ރަށެއްގެ މީހެކެވެ.
އެ ދެމީހުންވެސް ހިތަދޫ ފުލޫ ކުލިނިކަށް ދައްކާފައި ވަނީ ކޮވިޑްގެ އަލާމާތްތައް ހުރުމުންނެވެ.
އެސިޓީން ކަރަންޓީންގައި ނެތް ދެ މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު، ހުޅުމީދޫ ސައިޓަކުން 24 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.
ކޮވިޑް-19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ވަރޔގަދަ ކުރުމަށް އެޗްޕީއޭ އިން ނެރެފައިވާ އަމުރަށް މާދަމާއިން ފެށިގެން އަމަލު ކުރުން ފަށާނެއެވެ. މި އަމުރަށް އަމަލު ކުރަން ފެށުމާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި ބޭރުގައި އުޅޭ ވަގުތު މާސްކް އެޅުން މަޖުބޫރުވާނެއެވެ.
މީގެ އިތުރުން މާސްކް ނާޅާ އުޅޭ ފަރާތްތައް 1000 ރުފިޔާ އިން ޖޫރިމަނާ ކުރެވެނެކަމުގައިވެސް ވަނީ ވިދާޅުވެފައެވެ.




