ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު | ފޮޓޯ: ފޮރިން މިނިސްޓްރީ

އޭޝިޔާ އިކޮނޮމިކް ޑައިލޮގުގައި ފޮރިން މިނިސްޓަރ ޝާހިދު ބައިވެރިވެވަޑައިގަންނަވަނީ

މި ހިނގާ ފެބްރުއަރީ 26 އިން 28 އަށް، އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއަރޒް އާއި އެޤައުމުގެ ޕޫނޭ އިންޓަރނޭޝަނަލް ސެންޓަރ ގުޅިގެން ބާއްވާ އޭޝިއާ އިކޮނޮމިކް ޑައިލޮގްގައި އިންޑިއާ ސަރުކާރުގެ ދައުވަތަކަށް މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޢަބްދުﷲ ޝާހިދު ބައިވެރިވެވަޑައިގަންނަވާނެކަމަށް އެމިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވި ގޮތުގައި ކޮވިޑް-19 އަށްފަހު ބައިނަލްއަޤްވާމީ ވިޔަފާރިއާއި މާލީ ކަންތައްތައް ބަދަލުވެގެންދާނެ ގޮތުގެ މައްޗަށް އަލިއަޅުވާލައި މިއަހަރު ބާއްވާ މި ބައްދަލުވުމުގައި މިނިސްޓަރ ޝާހިދު ބައިވެރިވެވަޑައިގަންނަވާނީ ވާޗުއަލްކޮށެވެ. މި ބައްދަލުވުމުގެ ތެރެއިން މިނިސްޓަރ ބައިވެރިވެވަޑައިގަންނަވާނީ 28 ވަނަ ދުވަހުއެވެ.

އޭޝިއާ އިކޮނޮމިކް ޑައިލޮގްގައި ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދުގެ އިތުރުން އިންޑިއާގެ ޚާރިޖީ ވަޒީރާއި، މި ސަރަހައްދުގެ އެހެން ބައެއް ޤައުމުތަކުގެ ޚާރިޖީ ވަޒީރުންނާއި މާލީ އަދި އިޤްތިޞާދީ މާހިރުން ބައިވެރިވެވަޑައިގަންނަވާނެކަމަށްވެސް ފޮރިން މިނިސްޓްރީން މައުލޫމާތު ދެއްވިއެވެ.

މިއީ އޭޝިއާ އިކޮނޮމިކް ޑައިލޮގް ބާއްވާ ފަސްވަނަ ފަހަރެވެ. އިންޑިއާގެ ޚާރިޖިއްޔާއާއި ގުޅިގެން މި ޑައިލޮގް އިންތިޒާމްކުރާ ޕޫނޭ އިންޓަރނޭޝަނަލް ސެންޓަރަކީ 2011 ވަނަ އަހަރު ލޯންޗްކުރި ތިންކް ޓޭންކެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ