"މިއުޒިކުން" އިސްލާމްދީނަށް ހިތްކިޔާގޮތްވާކަމަށް، ގަލޮޅު އުތުރު ދާއިރާގެ އިއްޒަތްތެރި މެންބަރު އީވާ ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
އީވާ މިހެން ވިދާޅުވީ، "މާލޭގައި ޒުވާނުންނަށް ފަސޭހަކަމާއެކު މިއުޒިކް އަޑުއަހާލައި، އެކުވެރިންނާއި ބައްދަލުކޮށްލައި، ހާސްކަމުން ބޭރުގައި، އުފާވެރި މާހައުލެއްގައި ހީނ، ސަމާސާކޮށް މަޖާކޮށްލައި އެއްވެ ތިބެވޭނެފަދަ މަރުކަޒެއް ޤާއިމުކޮށްދިނުމަށް ސަރުކާރަށް ގޮވާލައި"، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ހުށަހެޅި ޤަރާރަށް ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ބަހުސްކުރައްވަމުންނެވެ.
އީވާ ވިދާޅުވީ، މިއުޒިކަކީ މިއުޒިކަކީ އިންސާނާގެ އިތުރުން މުޅި ދުނިޔެ "އުޖާލާކޮށްލާ" އެއްޗެއް ކަމަށެވެ.
"މުޅި ދުނިޔެ، ޤައުމު އެކަންޏެއް ނޫން، މުޅި ދުނިޔެ އުޖާލާކޮށްލަން، އިންސާނާ އުޖާލާކޮށްލަން އަޅުގަނޑުމެން ގެންގުޅޭ އެއްޗަކީ މިއުޒިކް. މިއުޒިކަކީ، ލަވަޔަކީ، ޅެމަނީ އާދައިގެ ބަހުން މިހެން ބުނެލީމާ ނުފުދިގެން އަޅުގަނޑުމެން ގެންގުޅޭ އެއްޗެއް. "ބޭނުމޭ އިޝްޤާ، ބޭނުމޭ ލޯތްބާ" މިހެން ހަމަ ބުނެލީމާ ނުފުދޭތީވެ މި ލަވަޔަކުން ގެނެސްދޭންޖެހެނީ." އީވާ ވިދާޅުވިއެވެ.
އުމަވީ ދައުލަތަކީ މިއުޒިކްގެ ރަންޒަމާންކަން ފާހަގަކުރައްވައި، އީވާ ވިދާޅުވީ މިއުޒިކުގެ ސަބަބުން އިސްލާމް ދީނަށް މީހުން ހިތްކިޔާގޮތްވާ ކަމަށެވެ.
"1500 ބީސީއިން ފެށިގެން އިންސާނުން މިއުޒިކް ގެންގުޅޭ. އެންމެ ފުރަތަމަ މިއުޒިކް އިންސްޓްރޫމެންޓެއްގެ ގޮތުގައި ގެންގުޅުނީ އިންސާނާގެ އަޑު. އޭރުންސުރެ މިއުޒިކް ބޭނުންކުރަމުން މިގެންދަނީ ދުނިޔެ ބަދަލުކުރުމަށްޓަކައި. އުމަވީ ދައުލަތަކީ އިސްލާމީ މިއުޒިކްގެ ރަންޒަމާން. އެ މިއުޒިކްތަކުން އިސްލާމްދީން އަދި އިސްލާމީ ދައުލަތްތައް އެ މީހުންގެ ކަންފަތުގައި މިއުޒިކްގެ އަޑު ޖެހުނީމާ، އެމީހުން އިސްލާމީ ދައުލަތަށް އިތުރަށް ހިތްކިޔާގޮތްވެސްވި." އީވާ ވިދާޅުވިއެވެ.
އީވާ އިތުރަށް ވިދާޅުވީ، މިއުޒިކަކީ ދުނިޔެ އިންޤިލާބުކުރުމުގެ އިތުރުން މުޅި ދުނިޔެ ބަދަލުކޮށްލާ އެއްޗެއް ކަމަށެވެ.
"މިއުޒިކަކީ ދުނިޔެ އުޖާލާކުރާއިރު، ދުނިޔެ އިންޤިލާބުވެސް ކުރާ އެއްޗެއް، މުޅި ދުނިޔެ. އެ މިއުޒިކް ކަންފަތުގައި ޖެހުނީމާ، އަޑުއަހާލެވުނީމާ އެ އަޑުއަހާ މީހާއާއި އެ އަޑު އިވުނު މީހުންނާއި، ދުނިޔެ އެއްކޮށް ބަދަލުކޮށްލާ އެއްޗެއް މިއުޒިކަކީ." އީވާ ވިދާޅުވިއެވެ.




3 Responses
ހަލާކުހުރި އޭނާއަށް
ބިރަކާއި ނުލައި އެބަ އުޅެއޭ އީވާ، ……………
ރީތި ފަށުވި ބަސްކޮޅެއް.
އީވާ ތިބުނީ ހަމަ ތެދުވާހަކައެއް މަވެސް ޥަރަށް ގިނައިން ޤުރުއާން ކިޔަވާ ދުޢާކިޔަން. ޤުރުއާން ނުކިޔެވޭ ދުވަހަކު ދެރަވޭ. އަދި މިޔުޒިކާ ލަވައިން ވަރަށް ހިތްހަމަޖެހޭ. ރީތި މިޔުޒިކު ރާގެއް އަދި ޚާއްޞަކޮށް ޅެންވެރި ކަމުގެ ފަންނުގައި މޮޅު ލަވައެއަކައެކު އަޑުއަހާލެވުނީމަ ވަރަށް ހިތްހަމަޖެހޭ