އިލްމުވެރިޔަކަށްވިޔަސް މިއުޒިކަކީ ޙަރާމް އެއްޗެކޭ ބުނެވިގެން ނުވާނެ: އިންތި

މިއުޒިކަކީ ޙަރާމް އެއްޗެކޭ ބުނެވިގެން ނުވާނެކަމށް މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.

އިމްތިޔާޒް ފަހުމީ މިހެން ވިދާޅުވީ، "މާލޭގައި ޒުވާނުންނަށް ފަސޭހަކަމާއެކު މިއުޒިކް އަޑުއަހާލައި، އެކުވެރިންނާއި ބައްދަލުކޮށްލައި، ހާސްކަމުން ބޭރުގައި، އުފާވެރި މާހައުލެއްގައި ހީނ، ސަމާސާކޮށް މަޖާކޮށްލައި އެއްވެ ތިބެވޭނެފަދަ މަރުކަޒެއް ޤާއިމުކޮށްދިނުމަށް ސަރުކާރަށް ގޮވާލައި"، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ހުށަހެޅި ޤަރާރަށް ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ބަހުސްކުރައްވަމުންނެވެ.

އިންތި ވިދާޅުވީ، ރޮކް މިއުޒިކަކީ ހަރާމް އެއްޗެއް ކަމަށް ދީނީ އިލްމުވެރިޔަކު ވިދާޅުވެފައިވާކަމަށް ނޫހެއްގައި ރިޕޯޓްކޮށްފައިވާ ކަމަށާއި، ރޮކް މިއުޒިކް ނުވަތަ އެހެން އެއްވެސް މިއުޒިކަކީ ޙަރާމް އެއްޗެއް ކަމަށް ރާއްޖޭގައި ބުނެވިގެން ނުވާނެ ކަމަށެވެ.

"ހަބަރެއްގައި ލިޔެފައި އޮއްވާ ދެކުނިން ރޮކް މިއުޒިކް އެއީ ހަރާމް އެއްޗަކަށް ވާންޖެހޭނެޔޭ، މަނާކުރެވެންޖެހޭ އެއްޗެއް ކަމަށް ދީނީ އިލްމުވެރިއެއް ކަމަށް ވިދާޅުވާ ބޭފުޅަކު ވިދާޅުވެފައިވާކަމަށް. މިއީ ދެއްކޭނެ ވާހަކައެއް ނޫން. ކިހިނެތްތޯ ރޮކް މިއުޒިކަކީ ހަރާމް އެއްޗެއް ކަމުގައި އިލްމުވެރިއަކަށް އެެހެން ވިދާޅުވެވެންވީ. ނޫނީއްޔާ އެނޫން ބައެއް އެހެން މިއުޒިކްވެސް ހަރާމް އެއްްޗެއްގެ ގޮތުގައި އެބަބުނޭ. އެންޓި މިއުޒިކް އޮއިވަރެއް އުފެއްދުމަށްޓަކައި ކުރާ ކަންކަމަކީވެސް ކުރެވޭނެ ކަންކަމެއް ނޫން، އެގޮތަކަށް މި ދައުލަތުގައި ޖާގަ ދެވިގެނެއް ނުވާނެ، މިއުޒިކް ކުޅޭ މީހުންގެ ފަންނީ ހުނަރުތަކަށް ހުރަސްއެޅޭ ގޮތަކަށް މިޤައުމުގައި ޖާގަ ދެވިގެނެއް ނުވާނެ." އިމްތިޔާޒް ފަހުމީ ވިދާޅުވިއެވެ.

އިތުރަށް އިންތި ވިދާޅުވީ، ރިސޯޓްތަކަށް މިއުޒިކް ކުޅެންދާ މީހުންނަށް މިވަގުތަކީ ވަރަށް ބޮޑު ދަތިކަމެއް ކުރިމަތިވެފައިވާ ދަނޑިވަޅެއް ކަމަށާއި، ރިސޯޓްތަކުގައި މިއުޒިކް ކުޅޭ ފަރާތްތަކުން، ރާއްޖޭގެ ފަންނާނުން ގެނެސްފައިހުރި ކަންބޮޑުވުންތަކަށް މަޖިލީހުގައި ބަހުސްކޮށް، ކޮމެޓީތަކަށްގޮސް މިކަން ކުރެވޭއިރުގައި އެކަންކަމަށް އެޑްރެސް ކުރެވިގެން ހައްލުތައް ހޯދަން މަސައްކަތް ކުރުމަށް ވަރަށް ބޮޑަށް އެދޭކަމަށާއި، މިކަމުގައި ދެވެން އޮތް އެއްބާރުލުމެއް ދެއްވާނެ ކަމަށެވެ.

"ކޮވިޑާއި ގުޅިގެން ހުރިހާ ދިމާތަކަށްވެސް މަސައްކަތްތައް ކުރާ ފަރާތްތަކަށްވެސް އޮތް ގޮންޖެހުން ހަމަ މިއުޒިކް ކުޅޭ މީހުންނަށް މާބޮޑަށް އޮތްކަމަށް އަޅުގަނޑު ދެކެން. އެބޭފުޅުންނަށް މިހާރު މިއުޒިކް ކުޅޭކަށް ރިސޯޓްތަކަށް ވަޑައިގެންނެވޭނެ ފުރުޞަތެއް މިހާރަކު ނެތް. އެހެންވީމާ މިކަމަށް އަޅުގަނޑުމެން ސަމާލުކަމެއް ދޭންޖެހޭ. އަޅުގަނޑު ޤަބޫލުކުރަން ސަރުކާރުންވެސް ކޮންމެވެސް މިންވަރެއްގެ ފައިސާގެ އެހީއެއްވެސް މިއުޒިކް ކުޅޭ މީހުން ހުށަހެޅީމައި އެބަ ދެމުންދޭ. އެހެންނަމަވެސް އެވެސް މިއަށްވުރެ ރަނގަޅަށް ދޭންޖެހޭނެކަމަށް އަޅުގަނޑަށް ޤަބޫލުކުރަނީ." އިމްތިޔާޒް ވިދާޅުވިއެވެ.

މި ބިލާއި ގުޅިގެން މިއަދު މަޖިލީހުގައި ގިނަ މެންބަރުންތަކެއް ބަހުސްކުރައްވާފައިވާއިރު، މިއުޒިކުން އިސްލާމްދީނަށް ހިތްކިޔާގޮތް ވެފައިވެސް އެބަހުރިކަމަށް ބައެއް މެންބަރުން ވަނީ ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
212421
ގުޅުންހުރި ލިޔުންތައް

6 Responses

  1. އިންޗި

    އިންޗި އަކަސް ހަރާމް އެއްޗެއް ހަލާލެކޭ ނުބުނެވޭނެ

  2. މީހެއް

    ކޮންމެ މީހަކުވެސް މިޔުޒިކު ހަރާމޭ ކިޔާފަ އެ އަޑު އަހަންވޭ

  3. ކިމް

    މިއުސިކް އަކީ ހަލާލު އެއްޗެއްކަން ސާބިތު ކޮށްދީބަލަ.

  4. ޔޫމީ

    މިޔުޒިކީ ހަރާމް އެއްޗެއް އޭގަބޫލު ކުރަންޖެހޭ ހަގީގަތެއް????

    11
  5. ސެއްޅި

    ކޮއްކޮ ތިކިޔާ އެއްޗެއް އެނގޭތަ.? މިހާރު މިތިބަ ޢިލްމު ވެރިންނެއް ނޫން އެކަން ޙަރާމް ކުރަނީ.

  6. މީހެއް

    އޭ!އަޚާއެވެ. ﷲ ވަހީކުރެއްވިއެވެ.ތިމަންﷲކަލޭގެފާނަން ޅެންދަސްކޮއްނުދެއްވަމެވެލަވައާ މިއުޒިކަކީ އިންސާނާﷲގެމަތިން ހދުމަ މެތިިޮޮޮޮއްކ ލާާއެއްޗެކެވެެ. ބަންގިއާޤުރުއާން އަކީމިދުނިޔެ މަތީގައި ޒުވާނުންނަން އަޑުއަހާހިން ހަ މަ ޖައްްސާލަންއެން ރަގަޅުމިއުޒިކު.

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ