"ހެކި ހުރިނަމަ ހައްޔަރު ކުރުމަށް އަމުރު ކުރުމަކީ ކޯޓުގެ ޒިންމާއެއް"

ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުރިކަމަށް ޤަބޫލު ކުރެވޭނަމަ އެމީހަކު ހައްޔަރު ކުރުމަށް ކޯޓުން އަމުރު ކުރުމަކީ ކޯޓުގެ ޒިންމާއެއްކަމަށް ދެކިލައްވާ ކަމުގައި އެމްޑީޕީގެ ސްޕޯކްސްޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެެއްޖެއެވެ.

އިންތި މިހެން ވިދާޅުވެފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު އީސައަށް ތުހުމަތު ކުރާ ގެވެށި އަނިޔާގެ މައްސަލާގައި އޭނާ ހައްޔަރު ކުރުމަށް ކޯޓުން އަމުރު ނުދީވަނިކޮށް، ތަހުގީގުގެ ބޭނުމަށް މީހުން ހައްޔަރުކުރުމަކީ ގާނޫނު ދަންނަ ކަމެއް ނޫން ކަމުގައި ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް ވިދާޅުވުމާއި ގުޅިގެންނެވެ.

ޝަމީމް ވިދާޅުވެފައި ވަނީ ހައްޔަރުކުރުން ހުއްދަ ސަބަބުތައް ގާނޫނު އަސާސީގެ 49 ވަނަ މާއްދާގައި އޮތް އިރު، 'ތަހުގީގުގެ ބޭނުމަށް' ހައްޔަރު ކުރުމަކީ ގާނޫނު ދަންނަ ކަމެއް ނޫންކަމަށާއި، ނަމަވެސް ގާނޫނު ތަންފީޒުކުރާ ބައެއް މީހުންނާއި ބައެއް އާންމުންނަށް ހީވެފައި އޮންނަނީ، ތަހުގީގު ކުރުމަށްޓަކައި، މީހުން ބަންދުކުރަންޖެހޭ ކަމަށެވެ.

ޝަމީމް މިހެން ވިދާޅުވެފައި ވަނީ އޭނާގެ އަމިއްލަ ބްލޮގްގައި ލިޔުއްވާފައިވާ ލިޔުމެއްގައެވެ.

އިމްތިޔާޒް ފަހުމީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ތަޙްޤީޤަށް މީހުން ހައްޔަރު ކުރުމޭ ބުނުމުގެ ދިވެހި މާނައަކީ ފުލުސް ކޯޓުން މީހުން ހައްޔަރު ކުރުމަށް ބޭނުންކުރި ސަބަބުގެ މާނަކަމަށް ވެދާނެކަމަށާއި، ވީމާ، އެ މާނާގައި މީހުން ހައްޔަރު ނުކުރެވިދާނެކަމަށެވެ.

ނަމަވެސް ވައިލެންޓް ކުށެއްގެ ތަޙްޤީޤެއް ކުރާއިރު އަދި ތުޙުމަތު ކުރެވޭ މިންވަރަށް ހެކި ހުރިކަމަށް ސީދާ ކޯޓަށް ޤަބޫލުކުރެވޭ އިރު، ވިކްޓިމަށް އޮތް ތްރެޓް ފިލާދިޔަކަން، ކޯޓަށް ޤަބޫލުކުރެވެން ދެން، އެމީހަކު ހައްޔަރުކުރުމަށް ކޯޓުން އަމުރުކުރުމަކީ ކޯޓުގެ ޒިންމާއެއް ކަމަށް ދެކޭކަމަށެވެ.

މެންބަރު އީސަ ހައްޔަރު ކުރުމަށް ކޯޓުން އަމުރު ނުދިނުމާއި ގުޅިގެން ގިނަ ބަޔަކު ދަނީ އެކަމަށް ފާޑު ކިޔަމުންނެވެ.

މިލިޔުން ކިޔާލުމުން
11
ގުޅުންހުރި ލިޔުންތައް

3 Responses

  1. ފަޔާޒް

    ވަކިބަޔަކު ތަހުގީގަށް ބަންދުކުރަންވީމާ ގާނޫނުން 49 ވަނަމާއްދާއެށް ޝަމީމުގެލޮލުގަ އަޅައިގެންފި ދ.ރާއްޖޭގެ ކިތަށް ގެވެށިއަނިޔާގެ މައްސަލަތަކުގަ އާއި އެހެނިހެން މަށްސަލަތަކުގަ ކޯޓުން މުއްދަތު ޖަހާދީފައި ވަނީއެމީސްމީހުން މިބުނާ 49 އަކަށް ނުފެތެނީތޯ؟

  2. ާަަޖަމަލުhum

    Mihaaru huree maamolhu peejee ehtha.

  3. ފައިސާ

    ނިކަމެތިން ނޫނީ ފަޤީރުން ތުހުމަތެއްގަވެސް ބަންދު ކުރަނީ.1000 ހަކުން އެކަކު ސިޔާސީ މަންފާއަކައް ކޮއްފާނެ.ފައިސާ ހުރިހާވެސް އެއްޗަކީ އިންސާނާ ހަލާކުގެ ތިނެތިން އެކަތި….

    2
    2
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ