މިދިޔަ އަހަރުގެ ސެޕްޓެމްބަރގައި މަންމައަކަށްވި މަޝްހޫރު މޮޑެލް ޖިޖީ ހަދީދް ޕްލާސްޓިކް ސާޖަރީ ހަދާފައިވާކަމަށް ބުނެ މީގެ ކުރިން މީހުން އައީ އެކިގޮތްގޮތަށް ވާހަކަދައްކަމުންނެވެ. މި ވާހަކަތަކާއި ގުޅޭގޮތުން ޖިޖީ މިވަނީ ދާދިފަހަކުން ވާހަކަދައްކާފައެވެ.
އެގޮތުން ޖިޖީ ބުނީ، އޭނާ ދުވަހަކުވެސް އޭނަގެ މޫނަށް އިތުރު ބަދަލެއް ނުގެންނަ ކަމަށެވެ. އަދި އޭނަގެ މޫނު އޭހާ ތަފާތުކޮށް ފެންނަނީ ކުރާ މޭކަޕްގެ ސަބަބުން ކަމަށް ޖިޖީ ހާމަކުރިއެވެ.
ޔޫޓިއުބްގައި ގެނެސްދޭ ވޮގް ގެ "ބިއުޓީ ސީކްރެޓް" ސީރީޒްގައި ވާހަކަ ދައްކަމުން ޖިޖީ ބުނީ، މޮޑެލިން ކެރިއާ ފެށިއިރު، އޭނަގެ މޭކްއަޕް އާޓިސްޓެއް ނެތުމުން، ހުރިހާ މޭކަޕެއްވެސް ކުރީ އަމިއްލައަށްކަމަށެވެ.
އެހެންކަމުން އެ ދުވަސްވަރުގެ ފޮޓޯތަކާއި މިހާރުގެ ފޮޓޯތައް އަޅާކިޔުމުން ވަރަށް ބޮޑު ތަފާތެއް ފެންނަނީ ކަމަށް އޭނާ ބުންޏެވެ. އަދި މީހުން އޭރުގެ ފޮޓޯއަކާއި މިހާރުގެ ފޮޓޯތައް އަލާ ކިޔުމަށްފަހު އޭނަ ފެންނަލެއް ތަފާތުކަމުން ޕްލާސްޓިކް ސާޖަރީ ހަދާފައިވާކަމަށް މީހުން ވާހަކަފަތުރަނީ ކަމަށް ޖިޖީ ބުންޏެވެ.
ޖިޖީ އާއި އޭނަގެ ލޯބިވެރިޔާ އަދި ލަވަކިޔުންތެރިޔާ ޒޭން މަލިކްއަށް ދަރިއަކު ލިބިފައިވާއިރު، މި ދެމީހުން މިހާރު ދިރިއުޅެމުން އަންނަނީ އެކުގައެވެ. ޖިޖީ އާއި ޒޭން އަށް ލިބިފައިވަނީ، އަންހެން ކުއްޖެކެވެ. މި ދަރިފުޅަށް ދީފައިވާ ނަމަކީ، "ކާއި"އެވެ.



