ޒޭން އާއި ޖިޖީގެ އަލަތު ދަރިފުޅު ވިހައިފި!

ބޭރުގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޒޭން މަލިކް އާއި ސުޕަމޮޑެލް ޖިޖީ ހަދީދުގެ އަލަތު ދަރިފުޅު ވިހައިފިއެވެ. މި ދެ ލޯބިވެރިންނަށް ލިބިފައިވަނީ އަންހެންކުއްޖެކެވެ.

މި އުފާވެރި ޙަބަރު އިއުލާންކޮށް ޒޭން މިއަދު ވަނީ، އަލަތު ދަރިފުޅުގެ އަތުގައި ހިފާލައިގެން ހުރި ފޮޓޯއެއް ޓްވިޓާގައި ހިއްސާކޮށްފައެވެ. މި ފޮޓޯ ހިއްސާކޮށް ޒޭން ބުނެފައިވަނީ، އެ ދެމީހުންގެ އަލަތު ދަރިފުޅުގެ ސިއްހަތު ރަނގަޅު ކަމަށާއި އޭނާއަށް މިވަގުތު ކުރެވެމުންދާ އިހުސާސްތައް އިބާރާތުން ބަޔާންކޮށްދިނުން ދަތިކަމަށެވެ. މީގެ އިތުރުން ޒޭން ބުނީ، މިއީ އޭނަގެ ދަރިއެކޭ ބުނަން ފަހަރުވެރިވާކަމަށެވެ.

މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ޖިޖީ ޒޭންގެ ދަރިއަކަށް ބަލިވެ އިން ޙަބަރު ފެތުރުނުއިރު، މި ޙަބަރު ވެގެންގޮސްފައި ވަނީ ގިނަ ބަޔަކު ސިއްސުވާލި ހަބަރަކަށްވެސްމެއެވެ. އެގޮތުން ޖިޖީ ބަނޑުބޮޑުކަން އޭނާ ޔަޤީންކޮށްދިނީ، ޖިމީ ފެލަންގެ “ދަ ޓުނައިޓް ޝޯ” ގައި ވާހަކަ ދައްކަމުންނެވެ.

މި ދެތަރިން އެންމެ ފުރަތަމަ ޑޭޓް ކުރަން ފަށާފައިވަނީ 2015 ވަނަ އަހަރުގެ ނޮވެމްބަރު މަހުއެވެ. އޭގެ ފަހުންވެސް ދެތިން ފަހަރަކު ދެމީހުން ރުޅިވިކަމުގެ ހަބަރުތައް ފެތުރުނުއިރު، ދެމީހުން ރުޅިވިކަން ރަސްމީކޮށް އިއުލާންކުރީ 2019 ވަނަ އަހަރުގެ ޖެނުވަރީ މަހުއެވެ. އޭގެ ކުރިންވެސް އެކި ފަހަރުމަތިން ދެމީހުން އަލުން ގުޅުނު ކަމުގެ ހަބަރުތައް ފެތުރުނެވެ. އެހެންނަމަވެސް މިހާރު މި ދެމީހުން ދިރިއުޅެމުން ދަނީ އެކުގައި ވަރަށް ލޯބިންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ