ކޮވިޑް-19: އައްޑޫގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށްފި

އައްޑޫ ސިޓީގައި ކޮވިޑް-19 ހަލުވިކަމާ އެކު ފެތުރެމުންދާތީ އެ ސިޓީގައި އަޅާފައިވާ ފިޔަވަޅުތަށް އިތުރަށް ވަރުގަދަ ކޮށްފިއެވެ.

އައްޑޫ ސިޓީގައި މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން ކޮވިޑް-19 ފެތުރެން ފެށީ، ކަރަންޓީންގައި ނެތް މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމުންނެވެ. އަދި ސ. ހިތަދޫގެ ކްލަސްޓާއިން އެކަނި ވެސް 22 މީހަކު މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވެއެވެ. އަދި ހުޅުމީދޫން އެކަނި ވެސް 25 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވެއެވެ. މި ފަހުން ދުބާއީން އައްޑޫ އަށް އައި މީހަކު ވެސް ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ.

އައްޑޫ ސިޓީ މޮނީޓަރިންގެ ހާލަތުގައި އޮތްއިރު، އައްޑޫ ސިޓީ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އައްޑޫގައި މިވަގުތު ކޮމިއުނިޓީ ސްޕްރެޑެއް އޮތް ކަމަށް ލަފާ ކުރެވޭތީ އެންމެހާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ މޮނިޓަރިން ހާލަތު އުވާލަން ދެން ނުވަތަ ކައުންސިލުން ވަކި ގޮތެއް އަންގަން ދެން މުހިންމު އަށް ފިޔަވަޅެއް އެޅުމަށް ނިންމާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ސްކޫލްތަކާއި އޮފީސްތައް ބަންދު ކުރުމާއި ސެލޫންތަކާއި ބޯކޮށާ ތަންތަނާއި ޖިމްތައް ބަންދު ކުރުން ހިމެނެއެވެ. އަދި އައްޑޫ ސިޓީގައި ހުރިހާ ކުޅިވަރު ހަރަކާތްތަކެއް ހުއްޓާލަން ވަނީ އަންގައިފައެވެ.

އައްޑޫ ސިޓީގައި އަޅަން ނިންމި ފިޔަވަޅުތައް:

  • އައްޑޫ ސިޓީގައި އެއް ގެއިން އަނެއް ގެއަށް ޒިޔާރަތް ނުކުރުން.
  • އައްޑޫ ސިޓީ ތެރޭގައި އެއް ރަށުން އަނެއް ރަށަށް ދަތުރުނުކުރުން.
  • އައްޑޫގައި ގާއިމްވެފައިވާ އޮފީސްތައް އާއްމު ޚިދުމަތްތަކަށް ބަންދުކޮށް، އޮންލައިންކޮށް ޚިދުމަތްދިނުން.
  • ސްކޫލްތަކުގެ ކޮންޓެކްޓްރޭސިން ނިމެންދެން ސްކޫލްތައް ބަންދުކުރުން.
  • ސެލޫން، ބޯކޮށާ ތަންތަން އަދި ޖިމްތައް ބަންދުކުރުން. ހުރިހާ ކުޅިވަރުގެ ހަރަކާތްތައް ހުއްޓާލުން.
  • ޕާޓީތަކާއި، ޙަފްލާތަކާއި، ބައްދަލުވުންތަކާއި ރަސްމިއްޔާތުތައް އޮންލައިންކޮށް ކުރިޔަށް ގެންދިއުން.
  • ޓެކްސީ ޚިދުމަތްފޯރުކޮށްދޭނަމަ، ޓެކްސީ ޚިދުމަތް ފޯރުކޮށްދިނުމުގައި އެޗް.ޕީއޭ އިން އެކުލަވާލާފައިވާ ގައިޑްލައިނާ އެއްގޮތަށް ކުރިއަށް ގެންދިއުން.

މި އެންގުންތަކަކީ އެންމެހާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަންގާ އެންގުންތަކެއް ކަމުގައިވާތީ މި އެންގުންތަކާއި އެއްގޮތަށް ހުރިހާ ފަރާތްތަކުން ޢަމަލުކުރުމަށް އެސިޓީ ކައުންސިލުން އިލްތިމާސް ކުރައްވައެވެ.

 

މިލިޔުން ކިޔާލުމުން
21
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ