ސްމަޓްރާ ކައިރިއަށް، ރާއްޖެއާ ތިންހާސް ކިލޯމީޓަރު ދުރުން ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.
އިންޑޮނޭޝިއާގެ ސްމަޓްރާއަށް މި ބިންހެލުން އައިސްފައިވަނީ މިއަދު ހަވީރު 05:52 ހާއިރުއެވެ.
ދިވެހިރާއްޖޭގެ މޫސުމާބެހޭ ޤައުމީ މަރުކަޒު، މެޓް އޮފީހުން ވިދާޅުވީ، 10 ކިލޯމީޓަރު އަޑިން މި ބިންހެލުން އައިސްފައިވަނީ ރެކްޓަރ މިންގަނޑުން 6.1 މެގްނިޓިއުޓްގެ ބާރުމިނުގައި ކަމަށެވެ.
— Maldives Meteorology (@MetMaldives) February 10, 2021
ރާއްޖެއާ 3312 ކިލޯމީޓަރު ދުރުން ސްމަޓްރާއަށް އައި ބާރުގަދަ މި ބިންހެލުމުގެ ސަބަބުން ރާއްޖެއަށް އަސަރުކުރާނެކަމަށް ނުބެލެވޭކަމަށް މެޓް އޮފީހުން ވިދާޅުވިއެވެ.
މި ބިންހެލުން އައިތާ މާ ގިނަ އިރުތަކެއް ނުވެ، އިރުއޮއްސި 06:20 ހާއިރު ލޯޔަލްޓީ އައިލެންޑްސްގެ އިރު ދެކުނަށް ވަނީ ރެކްޓަރ މިންގަނޑުން 7.2 މެގްނިޓިއުޑްގެ ބާރުގަދަ އިތުރު ބިންހެލުމެއްް އަތުވެފައެވެ.
2004 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު އިންޑޮނޭޝިއާގެ ސްމަޓްރާއަށް 9.1 މެގްނިޓިއުޑްގެ ބާރުމިނުގައި އައި ބިންހެލުމުގެ ސަބަބުން އުފެދުނު ސްނާމީގައި ދިވެހިރާއްޖެއަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބި، އެތައް ބަޔަކު ނިޔާވެފައިވެއެވެ.




2 Responses
2004 ސުނާމީ އައީ
2014 އެއްނޫން 2004 ގަ ރާއްޖެއަށް ސުނާމީއެރީ!