ފެރީ ނިމާޒާމަށް ބޭނުންވާ ފެރީ ހޯދަނީ

ރާއްޖޭގެއެކި ސަރަހައްދުތަކުގައި އެމްޓީސީސީ އިން ފެރީ ނިޒާމްގައި ބޭނުން ކުރުމަށް ބޭނުންވާ ފެރީ ހޯދުމުގެ މަސައްކަތް އަނެއްކާވެސް އެކުންފުނިން ކުރަން ފަށައިފިއެވެ.

އެގޮތުން އެކުންފުނިން މިދިޔަ އަހަރުގެ ތެރޭގައި ފެރީ ހޯދުމަށް ކޮށްފައިވާ އިޢުލާނުތައް ބާޠިލްކޮށް އަލުން ވަނީ އެކަމަށް ހުޅުވާލައިފައެވެ.

އެމްޓީސީސީއިން ކޮށްފައިވާ އިޢުލާނުގައި ބުނެފައިވަނީ އެކުންފުނީގެ ފެރީ ނިޒާމަށް ބޭނުންވާ ފެރީ ކުއްޔަށް ދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިއުލާންތައް ބާތިލުކޮށް މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލާކަމަށެވެ.

އެގޮތުން 12 ޖުލައި 2020 ގައި އެމްޓީސީސީގެ ފެރީ ނިޒާމުގައި ޒޯން 3 ގައި ބޭނުންކުރުމަށް ފެރީ ކުއްޔަށްދޭނެ ފަރާތެއް ހޯދުމަށާއި، ށ. އަތޮޅުގައި ބޭނުންކުރުމަށް ފެރީ ކުއްޔަށްދޭނެ ފަރާތެއް ހޯދުމަށާއި، އެމްޓީސީސީގެ ކޮމްޕްރެހެންސިވް ޓްރާންސްޕޯރޓް ނެޓްވޯކްއަށް ބޭނުންވާ ފެރީ ކުއްޔަށްދޭނެ ފަރާތެއް ހޯދުން ކުރެވުނު އިޢުލާނު ވަނީ ބާޠިލް ކޮށްފައެވެ.

މީގެ އިތުރުން ޒޯން 02 އަދި ޒޯން 06 ގައި ބޭނުންކުރުމަށް ފެރީ ކުއްޔަށްދޭނެ ފަރާތެއް ހޯދުމަށް 05 ސެޕްޓެންބަރ ު2020 ގައި ކުރެވުނު އިޢުލާނާއި، ފ.އަތޮޅު ގައި ބޭނުންކުރުމަށް ފެރީ ކުއްޔަށްދޭނެ ފަރާތެއް ހޯދުން 04 އޮކްޓޫބަރު 2020 ގައި ކުރެވުނު އިޢުލާނުގެ އިތުރުން ޒޯން 1 ގެ ހއ ހދ އަދި ޒޯން 2 ގެ ނ އަތޮޅަށް ބޭނުންވާ ފެރީ ކުއްޔަށް ދޭނެ ފަރާތެއް ހޯދުން 06 ޑިސެންބަރު 2020 ގައި ކުރެވުނު އިޢުލާނުވެސް ވަނީ ބާޠިލް ކޮށްފައެވެ.

މި އިޢުލާނުތައް ބާޠިލް ކޮށް މި ކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އެކަމަށް ކުރިމަތި ލުމުގެ ފުރުޞަތު އަލުން ވަނީ ހުޅުވާލާފައެވެ.

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފު ކުރުން ބޭއްވުމަށް ހަމަޖެހިފައި ވަނީ 2021 ފެބުރުވަރީ 17 ވާ ބުދަ ދުވަހު 11:00 ގައި ފެންނާ ގިމަތަ - ގްރައުންޑް ފުލޯގައެވެ. އަދި އަންދާސީ ހިސާބު ހުށައެޅުން އޮންނާނީ 2021 ފެބުރުވަރީ 24 ވާ ބުދަ ދުވަހުގެ 09:00 އިން 11:00 އަށް ޒޮނެއިރިޔާ ބިލްޑިންގ 3 ވަނަ ފަންގިފިލާގެ ޕްރޮކިއުމަންޓް ޑިވިޜަންގައެވެ.

އެމްޓީސީސީ އިން ވަނީ އެމްޓީސީސީގެ ފެރީ ނިޒާމުގައި ގްރޭޓަރ މާލެ ސަރަހައްދުގައި ބޭނުންކުރުމަށް ފެރީ ކުއްޔަށްދޭނެ ފަރާތެއް ހޯދުމަށް 12 ޖުލައި 2020 ގައި ކުރެވުނު އިޢުލާންވެސް ބާތިލްކޮށް މިކަމަށް ޝައުގުވެރިވެލަށްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ