ފޮޓޯ؛ ޕޮލިސް

އައްޑޫގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

އައްޑޫ ސިޓީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުން ވިދާޅުވީ، އައްޑޫ ސިޓީ ހިތަދޫގެ ބޮޑުމަގުގައި ދުއްވާފައިދިޔަ ދެ ސައިކަލު އޯވާރޓޭކް ކުރަން އުޅުމުގެ ތެރޭގައި ޖެހި އެކްސިޑެންޓް ވެފައިވާކަމުގެ މައުލޫމާތު މިއަދު 11:30 ހާއިރު ފުލުހުނަށް ލިބިފައިވާ ކަމަށެވެ.

މި އެކްސިޑެންޓް ގައި ތިން މީހަކަށް އަނިޔާވެފައިވާ ކަމަށާއި، އެއީ ސައިކަލު ދުއްވަން ހުރި ބަންގްލަދޭޝް އަށް ނިސްބަތްވާ ފިރިހެނަކާއި އަނެއް ސައިކަލުހުރި ފިރިހެނަކާއި އަންހެނަކަށް ކަމަށެވެ.

ފުލުހުން އިތުރަށް ވިދާޅުވީ، މި ހާދިސާ ހިނގިއިރު ސައިކަލު ދުއްވަންހުރި އެކަކުގެ އަތުގައިވެސް ލައިސެންސް ނެތްކަމަށާއި، މި މައްސަލަ ފުލުހުން އިތުރަށް ތަހުޤީޤް ކުރަމުންދާ ކަމަށެވެ.

މިލިޔުން ކިޔާލުމުން
11
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ