މާލެ ސިޓީގެ މޭޔަރަކަށް، ރުކުމާގެ ތާއީދު މުއިއްޒުއަށް

ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި މާލެ ސީޓީގެ މޭޔަރ ކަމަށް އިދިކޮޅު ކޯލިޝަނުންް ވާދަކުރައްވާ ޑރ. މުޙައްމަދު މުޢިއްޒުއަށް، މުހައްމަދު އަބްދުލްކަރީމް (ރުކުމާ) ތާޢީދު ކުރައްވައިފިއެވެ.

ރުކުމާ ވަނީ މާލޭ ސިޓީގެ މޭޔަރ ކަމަށް މުޢިއްޒުއަށް ތާޢީދު ކުރައްވާކަން ހާމަކުރައްވާފައެވެ. އޭނާ އަކީ އެމްޑީޕީ އުފެދުނީއްސުރެ 2019 ވަނަ އަހަރާއި ޖެހެންދެން އެޕާޓީގެ އިސް ސަފުގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.

އެމްޑީޕީގައި އޭނާ މަސައްކަތް ކުރެއްވިއިރު މާލޭ ސިޓީގެ ކައުންސިލްގެ މެންބަރުކަންވެސް ރުކުމާ ވަނީ ކުރައްވާފައެވެ. މީގެ އިތުރުން އޭނާ ވަނީ ހެންވޭރު ދެކުނު ދާއިރާގެ މަޖިލިސް މެންބަރުކަންވެސް ކުރައްވާފައެވެ.

ނަމަވެސް 2019 ވަނަ އަހަރުގެ މަޖިލިސް އިންތިޚާބުގެ ޕްރައިމަރީން އޭނާ ވަނީ ކަޓާފައެވެ. އަދި އެމްޑީޕީގެ ރައީސް، ރައީސް ނާޝީދުއާއި ރުކުމާ އާއި ދެމެދު ވަނީ ބަހުގެ ހަމަލާތަކެއްވެސް ރައްދު ކުރައްވާފައެވެ.

އޭގެ ފަހުން ރުކުމާ ވަނީ އެމްޑީޕީ ވަކިވެފައެވެ.

ކުރިޔަށް އޮތް މަޖިލިސް އިންތިޚާބުގައި މުއިއްޒުއަށް ތާއީދު ކުރައްވާ ރުކުމާ ވަނީ އިއްޔެ އިދިކޮޅުން މާލޭގައި ކުރިޔަށް ގެންދިޔަ އިޙްތިޖާޖުގައި ވާހަކަފުޅުވެސް ދައްކަވާފައެވެ.

މާލެ ސިޓީގެ މޭޔަރ ކަމަށް މުއިއްޒުއާއެކު ދެން ވާދަކުރައްވަނީ އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ އެޕާޓީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަނަސް ޢަބްދުއްސައްތާރުއާއި، އަމިއްލަ ގޮތުން ވާދަކުރައްވާ ކުރިގެ މެންބަރު އަލްހާން ފަހުމީއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ