ހިތަދޫ އިން އިތުރު 5 މީހަކު ޕޮޒިޓިވް ވެއްޖެ

ސ. ހިތަދޫ އިން އިތުރު 5 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އައްޑޫ އެމެޖެންސީ އޮޕަރެޝަން ސެންޓަރުން ހާމަ ކުރައްވާފައިވާ ގޮތުގައި މިރޭ 6:00 އާއި ހަމައަށް އައްޑޫ އައްޑޫ ސިޓީން ވަނީ އިތުރު 5 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. އެއާއި އެކު އައްޑޫ ސިޓީން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިވަނީ 58 އަށް އަރާފައެވެ.

އައްޑޫ ސިޓީއިން އެންމެ ގިނަ ޕޮޒިޓިވް ކޭސް ފެނިފައި ވަނީ ހުޅުދޫ މީދޫއިންނެވެ. އެރަށުން ފެނުނު ކޭސްގެ އަދަދު ވަނީ 25 އަށް އަރާފައެވެ. ދެން އެންމެ ގިނަ މީހުން ޕޮޒިޓިވް ވެފައި ވަނީ ހިތަދޫ އިންނެވެ. ހިތަދޫ އިން 20 މީހަކު ޕޮޒިޓިވް ވެފައިވާއިރު، ފޭދޫއިން 09 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. އަދި މަރަދޫ ފޭދޫ އިން 4 މީހަކު ޕޮޒިޓިވްވެފައިވެއެވެ.

އައްޑޫ ސިޓީ ކްލަސްޓަރ އިން ޖުމްލަ 341 މީހަކު ވަނީ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަ ކުރެވިފައެވެ. މީގެ އިތުރުން 182 އިމާރާތެއް ވަނީ ކަރަންޓީން ކުރެވިފައެވެ.

އައްޑޫ ސިޓީގައި މިއަދުވެސް ވަނީ 174 ސާމްޕަލް ނަގާފައެވެ.

އައްޑޫ ސިޓީގެ މުޖުތަމަޢު ތެރޭގައި ކޮވިޑް-19 ފެތުރެން ފެށުމާއެކު، ކޮވިޑް ކޮންޓްރޯލް ކުރުމަށް އައްޑޫ ސިޓީގައި ވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން މިސްކިތްތަކުގެ ޖަމާޢަތްތައް މެދު ކަނޑާލާފައި ވާއިރު، ރޭގަނޑު 8:00 އިން ފެށިގެން ފަތިހު 4:00 އަށް ބޭރުގައި އުޅުންވެސް ވަނީ މަނާ ކޮށްފައެވެ.

މިލިޔުން ކިޔާލުމުން
12
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ