ސްކޫލްތަކުގައިވެސް މާސްކް އެޅުން މަޖުބޫރެއް ނޫން

ރާއްޖޭގެ ސްކޫލްތަކުގައިވެސް މާސްކް އެޅުން މަޖުބޫރު ނޫންކަމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ވިދާޅުވެއްޖެއެވެ.

އެ މިނިސްޓްރީން ދާދި ދެންމެ ކުރެއްވި އިޢުލާނެއްގައި ވިދާޅުވީ، ހެލްތު ޕްރޮޓެކްޝަން އޭޖެންސީން އާންމު ތަންތަނުގައި މާސްކު އަޅަން ނުޖެހޭކަމަށް ނިންމުމާ ގުޅިގެން ދަރިވަރުން ސްކޫލަށް ހާޟިރުވާއިރު މާސްކު އެޅުމަކީ މަޖުބޫރުކަމެއް ނޫން ކަމަށެވެ.
"ނަމަވެސް ބެލެނިވެރިޔާ އާއި ދަރިވަރުން ބޭނުން ނަމަ ދަރިވަރުން މާސްކު އަޅައިގެން ސްކޫލަށް ފޮނުވިދާނެ. އަދި ހައިރިސްކު ދަރިވަރުން ސްކޫލަށް ހާޟިރުވާއިރު މާސްކު އެޅުމަކީ އެދެވިގެންވާ ކަމެއް." އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވިއެވެ.

ސްކޫލުގައި އުޅޭ ވަގުތުތަކުގައި މާސްކު އެޅުމަކީ މަޖުބޫރުކަމެއް ކަމުގައި ނުވިޔަސް، ރައްކާތެރިކަމުގެ ފިޔަވަޅުތަކެއްގެ ގޮތުން ސްކޫލުގައި ހުންބެލުމާއި ގިނަގިނައިން އަތްދޮވުމުގެ ކަންތައް ކުރިއަށްގެންދެވޭނެ ކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވިއެވެ.

ރާއްޖޭގައި މާސްކް އެޅުން އުވާލާފައި މިވަނީ ދެ އަހަރަށްފަހު ޢާއްމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމާއި ގުޅިގެންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ