މުޒާހަރާތަކުގައި ބައިވެރިވާ މެންބަރުން ކޮވިޑަށް ޓެސްޓުކުރުމަށްފަހު މަޖިލީހަށް ވެއްދުމަށް މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސަ ގޮވާލައްވައިފިއެވެ.
ރީކޯ ވިދާޅުވީ، މުޒާހަރާތަކަށް ވަޑައިގަންނަވާ މެންބަރުން މަޖިލީހަށް ވަޑައިގަތުމުގެ ކުރިން ކޮވިޑް ޓެސްޓް ހައްދަވާ ނެގެޓިވް ރިޕޯރޓާއެކު މަޖިލީހުގެ އިދާރާއަށް ވެއްދުން މުހިންމުކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގައި މަސައްކަތްކުރައްވާ މުވައްޒަފުންގެ ސަލާމަތަށްޓަކައި މިކަން ކުރުމަށް ރީކޯވަނީ އެދިވަޑައިގެންފައެވެ.
ޓްވިޓާރ މެދުވެރިކޮށް ރީކޯ މިހެން ގޮވާލައްވާފައިމިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ޓެގްކުރެއްވުމަށް ފަހުގައެވެ.
Rayyathunge Majleehuga Masaithkaith kurahvaa muvazzafunge salaamathahttakaa Muzaaharaa thakah vadaigannavaa membarun Majleehah vadaigathumuge kurin COVID test haddhavaa negative report aaeku majleehuge idharaa ah vehddhun muhimmu @MohamedNasheed
— Moosa Maniku (Reeko) (@ReekoMoosa) February 13, 2021
ރީކޯ މިފަދައިން ގޮވާލައްވާފައި މިވަނީ ކޮވިޑްގެ ޙާލަތު އިތުރަށް ގޯސްވެ ރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ދަނޑިވަޅެއްގައެވެ.
އަދި ސަރުކާރާއި ދެކޮޅަށް ވެރިރަށް މާލޭގައި މުޒާހަރާ ކުރެވެމުންދާ މިދަނޑިވަޅުގައި އިދިކޮޅުގެ ގިނަ މެންބަރުން މިމުޒާހަރާތަކުގެ އިސްސަފުން ފެންނަމުންދާކަންވެސް ފާހަގަކޮށްލެވެއެވެ.





3 Responses
kommevesvarakah ladhu hayaaiyves hunnanjeheydhoa
Mikahala outdate meehunnah ves govaaleveytha
މޫސަ މަހާނަ އޭ ކިޔާނެ ކަމެއް ނެތް ތި މލއނ ދިޔައީ ޕީޕީ އެމް ހަލާކު ކުރަން ޚާއްސަ ހުއްދަ ދެނީ ކޮން ބައެއްތަ ބުރާންޗާ؟؟