ރޭ އިދިކޮޅު ކޯލިޝަނުން މާލޭގައި ކުރިއަށް ގެންދިޔަ އިޖްތިޖާޖު އެޗްޕީއޭގެ ގައިޑްލައިނާއި އެއްގޮތަށް ކުރިއަށް ގެންދަނިކޮށް އިޙްތިޖާޖުގެ ބައިވެރިން އެޗްޕީއޭގެ ގައިޑްލައިނާއި ޙިލާފުވުމަށް މަޖުބޫރުކުރވީ ސަރުކާރުން ކަމަށް އިދިކޮޅުން ބުނެފިއެވެ.
އިދިކޮޅު ކޯލިޝަނުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ރޭ ކުރިއަށް ގެންދިޔަ އިހތިޖާޖު ކުރިއަށް ގެންދަން ރާވާފައިވަޏި9 މިހުންނަށް ވުރެ އިތުރު ނުވާ ގޮތަށް ގައިދުރުކޮށް އެކި ހިސާބުގައި ތަފާތު މެސެޖުތަކުގެ ބޯޑުތައް ހިފައިގެން ތިބެ ސުލްހަވެރިކަމާއެކު އަޑު އުފުލާ ގޮތަށް ކަމަށެވެ.
ނަމަވެސް އެގޮތަށް އެ އިހްތިޖާޖު ކުރިއަށް ގެންދަން ފެށުމާއެކު، ސަރުކާރުގެ އަމުރާއި އެއްގޮތަށް ޤްރޫޕްތައް ލަވަމުން ގެނެސް އެޗްޕީއޭގެ ގައިޑްލައިނާއި ހިލާފުވާ ގޮތަށް އިޖުތިޖާޖުގެ ބައިވެރިން އެއްތަނަކަށް ޖަމާކޮށްފައިވަނީ އެވަގުތު އެ ސަރަހައްދުގައި ސެކިއުރިޓީ ބެލެހެއްޓުމުގައި ޙަރަކާތްތެރިވި ފުލުހުން ކަމަށެވެ.
"އިހުތިހާހު ރޫޅާލުމުގައި ޙާލަތާއި ނުބައްދަލު ބާރުގެ ބޭނުންކޮށް، މުޒާހަރާގެ ބައިވެރިންނަށް ގަސްދުގައި އަނިޔާދިން މަންޒަރު ވެސް ވަނީ ފެނިގެން ގޮސްފައެވެ" އިދިކޮޅުން ނެރުނު މި ނޫސް ބަޔާނުގައި ވެއެވެ.
އިދިކޮޅުން ބުނީ، ރޭގެ އިހްތިޖާޖުގެ ބައިވެރިންނާއި މެދު އިދިކޮޅުން އަމަލުކޮށްފައިވާ ގޮތް އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.
މީގެ އިތުރުން ގާނޫނު އަސާސީން ރައްޔިތުންނަށް ކަށަވަރު ކޮށްދީފައިވާ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމަށް ހުރަސް ނޭޅުމަށާއި ދިވެހި ރައްޔިތުންނަށް އަނިޔާވާނެ ފަދަ ގޮތަކަށް ކަންކަން ނުކުރުމަށް އެ ކޯލިޝަނުން ގޮވާލާފައިވެއެވެ.



