ކުޑަކުދިންގެ ކުރެހުމުގެ މުބާރާތުގެ މުއްދަތު އިތުރުކޮށްފި

ސޭފަރ އިންޓަރނެޓު ދުވަހާއި ގުޅުވައިގެން ކުޑަކުުދިންނަށް ކުރިއަށްގެންދާ ކުރެހުމުގެ މުބާރާތުގެ މުއްދަތު އިތުރުކޮށްފިއެވެ.

މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޯލޮޖީއިން ބުނީ، ބައިނަލްއަޤުވާމީ ސޭފަރ އިންޓަރނެޓް ދުވަހާއި ގުޅުވައިގެން އިއުލާންކޮށްފައިވާ ކުރެހުމުގެ މުބާރާތުގެ ކުރެހުން ހުށަހެޅޭ އެންމެ ފަހުގެ ތާރީޙް 28 ފެބުރުއަރީ 2021 ގެ 16:00 އަށް އިތުރުކުރެވިފައިވާކަމަށެވެ.

އަދި މުބާރާތުގެ މުއްދަތު އިތުރުކުރަންޖެހުނު މައިގަނޑު ސަބަބަކީ ގޫގުލް ފޯމު މެދުވެރިކޮށް ބައެއް ކުދިން ފޮނުވާފައިވާ ކުރެހުންތަކުގައި މައްސަލަތަކެއް ދިމާވެފައިވާތީކަމަށްވެސް އެމިނިސްޓްރީންވަނީ ބުނެފައެވެ.

އެހެންކަމުން ކުރީގައި ގޫގުލް ފޯމު މެދުވެރިކޮށް ކުރެހުން ހުށަހަޅުއްވާފައިވާ ފަރާތަތަކުންވެސް އަލުން އީ.މެއިލް މެދުވެރިކޮށް ކުރެހުން ހުށަހެޅުމަށްވެސް އެމިނިސްޓްރީންވަނީ އެދިފައެވެ. އަދި ކުރެހުން ހުށަހަޅާއިރު، މި އީ.މެއިލް އެޑްރެސް ([email protected]) އަށް ތިރީގައިވާ މައުލޫމާތާއި އެކު ފޮނުވުމަށްވެސްވަނީ އެދިފައެވެ.

  1. ފުރިހަމަ ނަން
  2. އައި.ޑީ ކާޑު ނަންބަރު
  3. އުފަން ތާރީޙް
  4. ގުޅޭނެ 2 ނަންބަރު
  5. މިހާރު އުޅޭ އެޑްރެސް
  6. މިހާރު ކިޔަވާ ސްކޫލް
  7. ކުރުހުމުގެ ކޮޕީ
  8. އައި.ޑީ ކާޑު ކޮޕީ

މީގެއިތުރުން އެމިނިސްޓްރީން ބުނީ، ވަނަ ހޯދާ ކުދިން ކަނޑައެޅުމުގައި ބަލައިގަންނާނީ އީ.މެއިލް މެދުވެރިކޮށް އެކަނި ހުށަހަޅުއްފައިވާ ކުރެހުންތައްކަމަށެވެ.

https://feshun.wonstasite.com/110682

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ