ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިޚާބަށް ކުރިމަތިލީ ކެނޑިޑޭޓުންގެ ތެރެއިން އިތުރު 99 ކެނޑިޑޭޓަކު ނަން އަނބުރާ ގެންގޮސްފިއެވެ.
އިލެކްޝަންސް ކޮމިޝަންސް އިން ވިދާޅުވީ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020 އަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމުގެ ފުރުޞަތު އެކޮމިޝަނުގެ ނަންބަރު IUL)38-AA/38/2020/5) އިޢުލާނުން ހުޅުވާލުމާއި ގުޅިގެން ޖުމްލަ 99 ކެނޑިޑޭޓަކު ނަން އަނބުރާ ގެންގޮސްފައިވާކަމަށެވެ.
އެގޮތުން ލޯކަލް ކައުންސިލް ތަކުގެ އިންތިޚާބަށް ކުރިމަތިލީ ކެނޑިޑޭޓުންގެ ތެރެއިން 43 ކެނޑިޑޭޓަކު ނަން އަނބުރާ ގެންގޮސްފައިވާއިރު، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީއަށް ކުރިމަތިލީ ކެނޑިޑޭޓުންގެ ތެރެއިންވެސް 56 ކެނޑިޑޭޓަކު ވަނީ ނަން އަނބުރާ ގެންގޮސްފައެވެ.
ނަން އަނބުރާ ގެންގޮސްފައިވާ ކެންޑިޑޭޓުންގެ ތެރޭގައި އެމްޑީޕީއަށް ނިސްބަތްވާ 29 ކެނޑިޑޭޓަކާއި، އިދިކޮޅު ޕީޕީއެމްއަށް ނިސްބަތްވާ 17 ކެނޑިޑޭޓަކުވެސް ހިމެނެއެވެ.
ލޯކަލް ކައުންސިލް ތަކުގެ އިންތިޚާބަށް ކުރިމަތިލާފައިވާ އެމްޑީޕީގެ 9 ކެނޑިޑޭޓަކު ނަން އަނބުރާ ގެންގޮސްފައިވާއިރު އެކެނޑިޑޭޓުންނަކީ ކ. މާފުށީ ކައުންސިލްގެމެންބަރުކަމަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓް ނަންބަރު 14 މުޙައްމަދު ޖަމްޝާދު، ކާމިނީގެ / ކ. މާފުށި، ހއ. ތުރާކުނު ކައުންސިލްގެއަންހެނުންނަށް ޚާއްޞަކޮށްފައިވާ ދެ ގޮނޑިއަށް ކުރިމަތި ލައްވާފައިވާ ކެންޑިޑޭޓް ނަންބަރު 7 ސަމީރާ ޖަލީލް، ނޫރަންވިލާ / ހއ. ތުރާކުނު، ހދ. ނޮޅިވަރަންކައުންސިލްގެ ރައީސްކަމަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓް ނަންބަރު 7 މުޙައްމަދު ޝަރީފް، ޒަމާނީކުލަ / ހދ. ނޮޅިވަރަން، ހއ. ވަށަފަރު ކައުންސިލްގެމެންބަރުކަމަށް ކުރިމަތި ލައްވާފައިވާ ކެންޑިޑޭޓް ނަންބަރު 12 މުޙައްމަދު އަފްނާން، ޓޫޕީސް / ހއ. ވަށަފަރު، ލ. ކުނަހަންދޫކައުންސިލްގެ އަންހެނުންނަށް ޚާއްޞަކޮށްފައިވާ ދެ ގޮނޑިއަށް ކުރިމަތި ލައްވާފައިވާ ކެންޑިޑޭޓް ނަންބަރު 8 މަރްޔަމް ރިޝްފާ، ފަތްރީތިބަގީޗާގެ / ލ. ކުނަހަންދޫ، ލ. އިސްދޫ ކައުންސިލްގެމެންބަރުކަމަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓް ނަންބަރު 16 އަޙްމަދު ނިޡާމް، ފޮނިތުޅާގެ / ލ. އިސްދޫ، ރ. އިނގުރައިދޫކައުންސިލްގެ އަންހެނުންނަށް ޚާއްޞަކޮށްފައިވާ ދެ ގޮނޑިއަށް ކުރިމަތި ލައްވާފައިވާ ކެންޑިޑޭޓް ނަންބަރު 6 ތަސްލީމާ ޤާސިމްފުޅު، ޢަންދަލީބުގެ / ރ. އިނގުރައިދޫ، އަދި ށ. ފީވަކު ކައުންސިލްގެއަންހެނުންނަށް ޚާއްޞަކޮށްފައިވާ ދެ ގޮނޑިއަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓް ނަންބަރު 11 ފާޠިމަތު ނީނާ، ހިތައްފިނިވާގެ / ށ. ފީވައްގެ އިތުރުން ގދ. ވާދޫ ކައުންސިލްގެމެންބަރުކަމަށް ކުރިމަތި ލައްވާފައިވާ ކެންޑިޑޭޓް ނަންބަރު 17 މުޙައްމަދު ޖަމްޝަތު ވަޙީދު، ނަޝޭމަން / ގދ. ވާދޫއެވެ.
އަދި ލޯކަލް ކައުންސިލް ތަކުގެ އިންތިޚާބަށް ކުރިމަތިލާފައިވާ ޕީޕީއެމްގެ ކެނޑިޑޭޓުންގެ ތެރެއިން ނަން އަނބުރާ ގެންގޮސްފައިވާ ކެނޑިޑޭޓުންނަކީ ކ. ހުރާ ކައުންސިލްގެމެންބަރުކަމަށް ކުރިމަތި ލައްވާފައިވާ ކެންޑިޑޭޓް ނަންބަރު 13 ޙުސައިން ފަރުޙާން، ހަނީބީމް / ކ. ހުރާ، ކުޅުދުއްފުށި ހުޅަނގުއުތުރު ދާއިރާއަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓް ނަންބަރު 13 ފާރޫޤު މުޙައްމަދު، މާދޫގެ / ހދ. ކުޅުދުއްފުށި؛ އައްޑޫ ސިޓީ ހިތަދޫކޮރޮވައު ދާއިރާއަށް ކުރިމަތި ލައްވާފައިވާ ކެންޑިޑޭޓް ނަންބަރު 5 މުޙައްމަދު ޖިނާން ޖަލީލް، އެންދެރިމާގެ / ސ. ހިތަދޫ؛ އައްޑޫ ސިޓީ ހުޅުދޫ ދާއިރާއަށް ކުރިމަތި ލައްވާފައިވާ ކެންޑިޑޭޓް ނަންބަރު 7 މޫސާ ބުޝްރީ، ރަތްވިލާގެ / ސ. ހުޅުދޫ؛ ވ. ކެޔޮދޫ ކައުންސިލްގެމެންބަރުކަމަށް ކުރިމަތި ލައްވާފައިވާ ކެންޑިޑޭޓް ނަންބަރު 13 ބްރާހީމް ސިޔާމް ޢަލީ، ދިލްކަޝްވިލާ / ވ. ކެޔޮދޫ އަދި ގއ. ވިލިނގިލީކައުންސިލްގެ އަންހެނުންނަށް ޚާއްޞަކޮށްފައިވާ ތިން ގޮނޑިއަށް ކުރިމަތި ލައްވާފައިވާ ކެންޑިޑޭޓް ނަންބަރު 13 އާމިނަތު ރިފާޝާ، ތަރިވިދާގެ / ގއ. ވިލިނގިލިގެ އިިތުރުން ބ. އޭދަފުށީ ކައުންސިލްގެއަންހެނުންނަށް ޚާއްޞަކޮށްފައިވާ ތިން ގޮނޑިއަށް ކުރިމަތި ލައްވާފައިވާ ކެންޑިޑޭޓް ނަންބަރު 10 ޢަރޫޝާ ޢަބްދުލްޤައްޔޫމް، ބާޒީވިލާ / ބ. އޭދަފުށިއެވެ.
މީގެއިތުރުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް ކުރިމަތި ލައްވާފައިވާ އެމްޑީޕީގެ 20 ކެނޑިޑޭޓަކު ނަންބަރާ ގެންގޮސްފައިވާއިރު، ޕީޕީއެމްގެ 10 ކެނޑިޑޭޓަކުވަނީ ނަން އަނބުރާ ގެންގޮސްފައެވެ. މިދެޕާޓީއަށް ނިސްބަތްވާ ކެނޑިޑޭޓުންގެ އިތުރުން އަދާލަތު ޕާޓީއަށާއި، ޖުމްހޫރީ ޕާޓީއަށާއި، އަދި އެމްޑީއޭއަށް ނިސްބަތްވާ ކެނޑިޑޭޓުންވެސް ނަން އަނބުރާ ގެންގޮސްފައިވާއިރު އަމިއްލަ ގޮތުން ކުރިމަތި ލެއްވި ގިނަ ކެނޑިޑޭޓުންތަކެއްވެސް ނަން އަނބުރާ ގެންގޮސްފައިވާކަން ފާހަގަކޮށްލެވެއެވެ.



