އައްޑޫގައި އުމުރުން 60 އަހަރުން މަތީގެ ފަރާތްތަކަށް މިއަދު ކޮވިޑް ވެކްސިން ދެނީ

އައްޑޫ ސިޓީގައި އުމުރުން 60 އަހަރުން މަތީގެ ފަރާތްތަކަށް މިއަދު ކޮވިޑް-19 ވެކްސިން ދޭނެ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ،

ކައުންސިލުން ވިދާޅުވީ، އައްޑޫ ސިޓީގައި އުމުރުން 60 އަހަރުން މަތީގެ ފަރާތްތަކަށް ކޮވިޑް-19 ވެކްސިން ދިނުން މިއަދު 10:00 އިން 16:00 އަށް ކުރިއަށްދާނެ ކަމަށެވެ.

އެގޮތުން ވެކްސިން ޖެހުން ކުރިއަށްދާނީ ހިތަދޫ ނޫރާނީ ސްކޫލާއި، އައްޑޫ ހައި ސްކޫލް އަދި އެހެނިހެން އަވަށްތަކުގެ ޞިއްޙީ މަރުކަޒުތަކުން ކަނޑައަޅާ ތަންތަނުގައި ކަމަށް ސިޓީ ކައުންސިލުން ވިދާޅުވިއެވެ.

ރާއްޖޭގައި ފަށައިފައިވާ ކޮވިޑް ވެކްސިން ދިނުމުގެ ޕްރޮގުރާމުގެ ދަށުން މުޅި ޖުމްލަ މިހާތަނަށް 43،817 މީހުން ކޮވިޑް ވެކްސިން ޖަހާފައިވެއެވެ. މީގެތެރެއިން މާލޭ އޭރިއާގައި ވެކްސިން ޖެހި މީހުންގެ އަދަދަކީ 35،289 އެވެ. އަދި އަތޮޅުތެރޭ ރައްތަކުން ވެކްސިން ޖެހި މީހުންގެ އަދަދަކީ 8،429 އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ