ޓުއަރ އޮޕަރޭޓަރުންނަށް ޚާއްޞަ ޤާނޫނެއް، ޚިޔާލު ހޯދުމަށް ވާރކްޝޮޕެއް

ޓުއަރ އޮޕަރޭޓަރުންނާއި ޓުއަރ އެޖެންސީތަކަށް ޚާއްޞަ ޤާނޫނެއް އެކުލަވާލުމުގެ މަސައްކަތްކުރުމަށް ވަރކްޝޮޕްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވިދާޅުވެފައި ވަނީ ދިވެހިރާއްޖޭގައި މަސައްކަތްކުރަމުންދާ ޓުއަރ އޮޕަރޭޓަރުންނާއި ޓުއަރ އެޖެންސީތައް ރެގިއުލޭޓްކުރަމުންދަނީ ޤާނޫނު ނަންބަރު 2/99 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) ގެ ދަށުން އެކުލަވާލައި ޢަމަލުކުރަމުން އަންނަ ގަވާއިދެއްގެ ދަށުން ކަމަށެވެ.

އެހެން ކަމުން ޓުއަރ އޮޕަރޭޓަރުންނާއި ޓުއަރ އެޖެންސީތަކަށް ޚާއްޞަ ޤާނޫނެއް އެކުލަވާލުމުގެ މަސައްކަތްކުރުމަށްޓަކައި ޓުއަރ އޮޕަރޭޓަރުންނާއި ޓުއަރ އެޖެންސީތަކާއި، އަދި ކަމާގުޅުންހުރި ފަރާތްތަކުގެ ޚިޔާލު ހޯދައި މަޝްވަރާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އިޤްތިޞާދީ ކޮމިޓީން ވަރކްޝޮޕްއެއް ބޭއްވުމަށްވަނީ ހަމަޖެހިފައި ވާކަމުގައި ޖަމިލީހުން ވަނީ ވިދާޅުވެފައެވެ.

މި ވަރކްޝޮޕްގައި ބައިވެރިވެވަޑައިގަތުމަށް ބޭނުންފުޅުވާ ފަރާތްތަކުން، އެ ފަރާތްތަކުގެ މަޢުލޫމާތު (ނަން، އެޑްރެސް، އީމެއިލް އަދި ފޯނު ނަންބަރު) 17 ފެބުރުވަރީ 2021 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން އީމެއިލް އެޑްރެސް [email protected] އަށް ނުވަތަ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ލިޔުމުން ފޮނުއްވައި ދެއްވުމަށް އެ ފަރާތުން ވަނީ ދަންނަވާފައެވެ.

މަޖިލީހުގެ މީގެ ކުރިންވެސް ވަނީ ބައެއް ބިލް ރައްޔިތުންގެ ޚިޔާލު ހޯދުމަށް ޖަލްސާ ބާއްވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ