ފަރަކަށް ލޭންޑިން ކްރާފްޓެއް އުރިގެން ދިޔަވަނީ

ރީތި ބީޗް ރިސޯޓު ކައިރީ އޮތް ފަރަކަށް ލޭންޑިން ކްރާފްޓެއް އުރި ދިޔަވަމުންދާތީވެ އެމްއެންޑީއެފް އިން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، ރީތި ބީޗް ރިސޯޓުގެ އިރުދެކުނުގައި އޮތް ފަރަކަށް 5 މީހުންނާއެކު ދަތުރުކުރި "ސީ ޕްރޯ" ނަމަކަށް ކިޔާ ލޭންޑިން ކްރާފްޓެއް އުރި ދިޔަވަމުން ދާކަމުގެ ރިޕޯޓު ލިބިފައިވާކަމަށެވެ.

މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ، ރޭ ދަންވަރު 02:59 ހާއިރުއެވެ.

މި އުޅަނދުގައި ހުރީ 2 ދިވެހިންނާއި 3 ބިދޭސީންނެވެ.

މި ސަރަހައްދުގައި އެމްއެންޑީއެފްގެ ނޮދަން އޭރިއާގެ ކޯސްޓްގާޑުން ދަނީ ހަރަކާތްތެރިވަމުންނެވެ. އަދި މި ލޭންޑިން ކުރާފްޓްފެ ވެރިފަރާތް ހަމަޖެއްސި އުޅަނދެއްވެސް ދަނީ ހަރަކާތްތެރިވަމުން ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއެވެ.

މިލިޔުން ކިޔާލުމުން
11
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ