އެސްޕީޖީގެ ކޮމާންޑަރުން ބަދަލު ކޮށްފި

ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް (އެސްޕީޖީ) ގެ ކޮމާންޑަރުން ބަދަލު ކޮށްފި އެވެ.

އެމްއެންޑީއެފްގެ އިސް ތަރުޖަމާން މޭޖާ އިބްރާހިމް އާޒިމް ފެށުމަށް އެކަން ކަށަވަރުކޮށްދެއްވާފައިވާއިރު، ވިދާޅުވީ، އެސްޕީޖީގެ ކޮމާންޑިން އޮފިސަރަކަށް ހަމަޖައްސަވާފައި ވަނީ ލެފްޓިނެންޓް ކާނަލް އަބްދުލް މުއިއްޒު މުސްތަފާކަމަށާއި އަދި ޑެޕިއުޓީ ކޮމާންޑިން އޮފިސަރަކަށް ހަމަޖައްސަވާފައިވަނީ މޭޖާ މޫސާ ރަމީޒު ކަމަށެވެ.

މުއިއްޒަކީ ކުރިން ވަޒީފާ އިން ވަކިކޮށްފައި ވަނިކޮށް، ދާދިފަހުން ކޯޓު އަމުރުގެ ދަށުން ޕްރޮމޯޝަނާ އެކު ވަޒީފާދީފައިވާ ބޭފުޅެއްކަންވެސް ފާހަގަކޮށްލެވެއެވެ.

އެ ދެ މަގާމުގެ އިތުރަށް ސުޕެޝަލް ޕްރޮޓެކްޝަން ގްރޫޕުގެ ފަސްޓް ސާޖެންޓްގެ ގޮތުގައި އަބްދުﷲ ޖަމީލު ކަނޑައަޅުއްވާފައިވާ ކަމަށްވެސް އާޒިމްވަނީ ވިދާޅުވެފައެވެ.

އެސްޕީޖީގެ ކޮމާންޑަރުން ބަދަލު ކޮށްފައި މި ވަނީ މި މަހުގެ ހަވަނަ ދުވަހުގެ ރޭ ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ޓެރަރިސްޓް ހަމަލާއެއް ދީފައިވަނިކޮށެވެ. އަދި މިދަނޑިވަޅަކީ އެ ހަމަލާއާ ގުޅިގެން ނަޝީދުގެ ސެކިއުރިޓީ ފޫއެޅި ކަމަށް ތުހުމަތު ކުރެވިފައިވާ ދަނޑިވަޅެކެވެ.

އަދި ރައީސް މުހައްމަދު ނަޝީދަށް އަމާޒުކުރި ޓެރަރިސްޓް ހަމަލާއަ ގުޅިގެން ސަލާމަތީ ހިދުމަތްދޭ މުއައްސަސާތަކުގެ އިންޓެލިޖެންސް އޮޑިޓެއް ހެއްދެވުމަށް އެކަމަށް ހާއްސަ ޓީމެއް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އެކުލަވާލައްވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ