މިޔަންމާއަށް ގެނެވުނު ބަގާވާތާއި ދެކޮޅަށް ކުރި މުޒާހަރާގައި ޒަހަމްވި ޒުވާނަކު މަރުވެއްޖެ

މިޔަންމާއަށް ގެނެވުނު އަސްކަރީ ބަގާވާތާއި ދެކޮޅަށް ކުރި މުޒާހަރާއެއްގައި ޒަހަމްވި އުމުރުން 20 އަހަރުގެ އަންހެން ކުއްޖަކު މަރުވެއްޖެއެވެ.

މާޔާ ތުވޭ ތުވޭ ކުއަންގް މަރުވީ އޭނާ ބައިވެރިވި މުޒާހަރާއެއް ރޫޅާލުމަށް ފުލުހުން އަސްލު ވަޒަން ބޭނުން ކުރިއިރު ވަޒަނެއް ބޮލަށް އެރުމުގެ ސަބަބުން ލައިފް ސަޕޯޓުގައި އޮއްވައެވެ.

މިޔަންމާގެ އަސްކަރިއްޔާއާ ދެކޮޅަށް ސިލްސިލާ މުޒާހަރާތައް އެގައުމުގައި ފަށައިފައިވަނީ މި މަހުގެ އެއްވަނަ ދުވަހު އެގައުމުގެ އިންތިހާބީ ސަރުކާރު އަސްކަރިއްޔާއިން ނިކުމެ ބަގާވާތްކޮށް ވައްޓާލައި މިޔަންމާގެ ލީޑަރު އަންގް ސަން ސޫޗީ އާއި އެ ސަރުކާރުގެ އިސް ވެރިން ހައްޔަރު ކުރުމާއި ގުޅިގެންނެވެ.

އަސްކަރިއްޔާއާއި ދެކޮޅަށް މުޒާހަރާތައް ފެށިފަހުން މިއީ މުޒާހަރާގައި މަރުވި ފުރަތަމަ މީހާއެވެ. މި މަރާއެކު އަސްކަރިއްޔާ އާއި މެދު އޮތް ރުޅިވެރިކަންވަނީ އިތުރުވެގެން ގޮސްފައެވެ.

މިޔަންމާގެ ވެރިރަށް ނޭޕިޑޯގައި ބޭއްވި މުޒާހަރާގައި މާޔާ ތުވޭ ތުވޭ ކުއަންގް މަރުވެފައި ވާއިރު އަސްކަރިއްޔާއިން ބުނަނީ މުޒާހަރާގެ ބައިވެރިންނާއި ދެކޮޅަށް އަސްލު ވަޒަން ބޭނުން ކޮށްފައި ނުވާނެ ކަމަށެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ