ކަރީނާ އާއި ސައިފް އަށް ފިރިހެން ކުއްޖަކު ލިބިއްޖެ

ބޮލީވުޑްގެ މަޝްހޫރު ދެމެފަރިންކަމުގައިވާ ކަރީނާ ކަޕޫރް އާއި ސައިފް އަލީ ޙާން އަށް ދެވަނަ ދަރިއަކު ލިބިއްޖެއެވެ. ވިހާފައިވަނީ ފިރިހެން ކުއްޖެކެވެ.

ކަރީނާ  ބްރިޖް ކޭންޑީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވަނީ މިއަދު ފަތިހު 4:45 ހާއިރު ކަމަށް ރިޕޯޓުކޮށްފައިވެއެވެ. އަދި ވިހާފައިވަނީ މިއަދުގެ ވަގުތެއްގައެވެ.

ކަރީނާ އާއި ސައިފްގެ ކައިވެންޏަށް މީގެ ކުރިންވެސް ވަނީ ފިރިހެން ކުއްޖަކު ލިބިފައެވެ. އެއީ 2016 ވަނަ އަހަރު ވިހި ތައިމޫރް އަލީ ޙާން އެވެ.

ކަރީނާ ދެވަނަ ދަރިއަކަށް ބަނޑުބޮޑުކަން އިއުލާންކުރީ މިދިޔަ އަހަރުގެ އޯގަސްްޓް މަހުގެ ތެރޭގައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ