ބޮލީވުޑްގެ މަޝްހޫރު އެކްޓަރ ސައިފް އަލީ ހާން އާއި ކަރީނާ ކަޕޫރު އޭނަގެ ދެ ދަރިންނާއެކު ރާއްޖެއަށް ޗުއްޓީ ހޭދަކޮށްލުމަށް އައިސްފިއެވެ.
ރާއްޖެއަށް ޗުއްޓީ ހޭދަކޮށްލުމަށް މި ދެމަފިރިން އައިސްފައި މިވަނީ، މާދަމާ 51 އަހަރު ފުރޭ ސައިފްގެ އުފަންދުވަސް ފާހަގަކުރުމަށް ކަމަށް ހަބަރުތަކުގައި ރިޕޯޓުކޮށްފައިވެއެވެ.
އުފަންދުވަސް ފާހަގަކުރަން ސައިފް ރާއްޖެ އައީ އިއްޔެގެ ވަގުތެއްގައެވެ. އަދި ރާއްޖެ އައިސްފައިވަނީ، އެ މީހުންގެ ދެ ދަރިން ކަމުގައިވާ ތައިމޫރާއި، ޖޭ އަލީ ހާން އާއެކުއެވެ. މި ދެމަފިރިންނަށް ޖޭ ލިބިފައިވަނީ މިދިޔަ ފެބްރުއަރީ މަހުއެވެ.
މައުލޫމާތު ލިބޭގޮތުގައި ސައިފް އާއި ކަރީނާ ރާއްޖެއައުމަށްފަހު ދިޔައީ ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓަށެވެ.
ކަރީނާ އާއި ސައިފް އެކުގައި މީގެކުރިން ވެސް ރާއްޖެ އައިސް ޗުއްޓީ ހޭދަކޮށްފައިވާއިރު ސައިފްގެ ދޮށީ ދަރިފުޅު ސާރާ އަލީ ހާން އާއި ފިރިހެން ދަރިފުޅު އިބްރާހިމް އަލީ ޚާން ވެސް މީގެކުރިން ރާއްޖެ އައިސްފައިވެ އެވެ. އަދި ބައްޕަގެ އުފަންދުވަހަށް އެ ދެމީހުންވެސް ރާއްޖެ އަންނާނެ ކަމަށް ހަބަރު ފެތުރިފައިވެއެވެ.




