ނުސްވެރިންނަށް ކުރާ އަނިޔާތަކާއި ދެކޮޅަށް މީޑިއާތަކުން ތެދުވެއްޖެއެވެ.
މިއަދު ކުރިޔަށް ދިޔަ އިހްތިޖާޖުގައި މީޑިއާތަކުން ވަނީ އެކިއެކި އެއްވުންތަކާއި މުޒާހަރާތަކާއި އަދި އެނޫންސް ކަންކަން ކަވަރުކުރަން އުޅޭ ނޫސްވެރިންނަށް ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް ގޮވާލައިފައެވެ.
ގިނަ ނޫސްވެރިންތަކެއް ބައިވެރިވެ މިއަދު އިޙްތިޖާޖު ކޮށްފައިވާއިރު، ނޫސްވެރިންގެ ކަންބޮޑުވުންތައް އަޑުއެއްސެވުމަށް މޯލްޑިވްސް މީޑިއާ ކައުންސިލްގެ ރައީސްއާއި ބްރޯޑްކޮމްގެ ރައީސް ވަނީ އެސަރަހައްދަށް ވަޑައިގެންފައެވެ.
މި އިޙްތިޖާޖު ކުރިޔަށް ގެންގޮސްފައި ވަނީ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނާއި މޯލްޑިވްސް މީޑިއާ ކައުންސިލް ހިންގާ އިމާރާތްކައިރީގައެވެ.
މީގެ އިތުރުން ނުސްވެރިން މިއަދު އިޙްތިޖާޖު ކޮށްފައިވާއިރު، ޗެނަލް13 ގެ ދެ ނޫސްވެރިޔަކަށް ފުލުހުން އަނިޔާކުރިކަމަށް ބުނާ މައްސަލައެއް ވަނީ ފެންމަތިވެފައެވެ. އެގޮތުން އިދިކޮޅުން ކުރިޔަށް ގެންދިޔަ މުޒާހަރާއެއް ކަވަރ ކުރަން އުޅުނު ޗެނަލް13 ގެ ކެމެރާމަނަކަށް ފުލުހުން އަނިޔާކުރިޔަކަށް ބުނާ މައްސަލައަކާއި، އަދި އޭގެ ފަހުން "ލަ ސޫކް" ކެފޭގައިހުރި ޗެނަލް 13ގެ ނޫސްވެރިއަކު ގަދަކަމުން އެ ތަނުން ނެރެގެން ފުލުހުން ގެންދިޔަ މައްސަލައެއްވެސް ވަނީ ފެންމަތިވެފައެވެ.
މި އިހްތިޖާޖަށް ނުކުމެވަޑައިގެން މީޑިއާ ކައުންސިލްގެ ރައީސް ވަނީ މިކަން ކުއްވެރިވެސް ކުރައްވާފައެވެ.



