އައިޖީއެމްއެޗްގެ ފަންޑުން، 5 ދާއިރާއަކުން މަތީ ތަޢުލީމުގެ ފުރުސަތު

އައިޖީއެމްއެޗްގެ ފަރާތުން ފުރަތަމަ ފަހަރަށް ހޮސްޕިޓަލް ފަންޑެޑް ޓްރެއިނިންގ ޕްރޮގްރާމް ތަޢާރަފްކޮށް 5 ދާއިރާއަކުން މަތީ ތަޢުލީމާއި ތަމްރީނުގެ ފުރުސަތު ދީފިއެވެ.

އައިޖީއެމްއެޗުން ވިދާޅުވީ 5 ދާއިރާއަކުން މަތީ ތަޢުލީމާއި ތަމްރީން ހޯދުމަށް ކުދިން ދިޔުމަށް ހަމަޖެހި ފައިވާކަމަށާއި، އެގޮތުން މި 5 ދާއިރާއަކީ، މާސްޓަރސް އޮފް ޕީޑޯޑޮންޓިކްސްއާއި ފެލޯޝިޕްއިން އޮންކޯޕެތޮލޮޖީއާއި މާސްޓަރސްއިން އިންފެކްޝަން ކޮންޓްރޯލް ނަރސިންގއާއި ތިއޭޓަރ، ޕްރީއޮޕަރޭޓިވް އެނީސްތީޝިއާ ނަރސިންގެ އިތުރުން ބެޗެލަރސް އޮފް ބައޮމެޑިކަލް އިންޖީނިއަރިންގ ޓެކްނޮލޮޖީގެ ދާއިރާކަމަށް އައިޖީއެމްއެޗްއިން ވިދާޅުވެއެވެ.

އައިޖީއެމްއެޗުން ވިދާޅުވީ މި 5 ދާއިރާއަށް ހޮވިފައިވަނީ ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި އެޕްލައިކުރި ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތައްކަމަށެވެ. އަދި މިހާރު ހުރިހާ ދާއިރާތަކުން ވެސް ފުރުސަތު ލިބިފައިވާ ފަރާތްތަކަށް ކޯސް އެވާޑްކޮށްފައިވާކަމަށް އައިޖީއެމްއެޗުން ވިދާޅުވެއެވެ.

ހޮސްޕިޓަލް ފަންޑެޑް ޓްރެއިނިންގ ޕްރޮގްރާމަކީ އައިޖީއެމްއެޗުގައި ހިންގާ މިފަދަ ފުރަތަމަ ޕްރޮގްރާމްކަމަށް އައިޖީއެމްއެޗުން ވިދާޅުވެއެވެ. އެހޮސްޕިޓަލުން އަންނަނީ ހޮސްޕިޓަލްގެ އެކި ޑިޕާޓްމަންޓުތަކުން ދެމުން އަންނަ ޚިދުމަތްތައް ފުޅާކޮށް ރައްޔިތުންނަށް ބޭނުންވާ މުހިއްމު ގިނަ ޚިދުމަތްތައް ތަޢާރަފްކޮށްދެމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ