އެމްޓީސީސީގެ ޢާންމު ހިއްސާދާރުންނަށް ޚިދުމަތްދޭ ކައުންޓަރުގެ ޚިދުމަތް ވަގުތީގޮތުން މެދުކަނޑާލުމަށް އެކުންފުނިން ނިންމައިފިއެވެ.
އެމްޓީސީސީ އިން ވިދާޅުވީ މި ގޮތަށް ނިންމާފާއިވަނީ އެ ކުންފުނީގެ ޢާންމު ޙިއްސާދާރުންނާއި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅާފިޔަވަޅެއްގެ ގޮތުންކަމަށެވެ.
އެގޮތުން ކުންފުނިން ޢާންމު ޙިއްސާދާރުންނަށް ޚިދުމަތްދޭ ކައުންޓަރުން ދެމުންގެންދާ އެންމެހާ ޚިދުމަތްތައް، 28 ފެބުރުއަރީ 2021 އިން ފެށިގެން ވަގުތީގޮތުން މެދުކަނޑާލުމަށްފަހު، ކައުންޓަރުން ދެމުންގެންދިޔަ ޚިދުމަތްތައް އޮންލައިންކޮށް ޙިއްސާދާރުންނަށް ދެމުންގެންދިޔުމަށް އެ ކުންފުނިން ނިންމާފައިވާކަމަށެވެ.
އޮންލައިންކޮށް ޚިދުމަތައް އެދުމަށް ކަމާގުޅޭ ފޯމް އާއި ލިޔެކިޔުންތައް [email protected] އަށް ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުމަށް އެކުންފުނިން ވަނީ އެދިފައެވެ.
ޚިދުމަތައް އެދޭ ފޯމް ކުންފުނީގެ ވެބްސައިޓް އިން ލިބެން ހުންނާނެކަމަށާއި، މިކަމާއި ގުޅިގެން އިތުރު މަޢުލޫމާތު ބޭނުން ފުޅުވާނަމަ 3001113 (960) ނުވަތަ 3001107 (960) ނަންބަރާ ގުޅުއްވުން ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދޭކަމުގައި އެކުންފުނިން ވިދާޅުވެފައިވެއެވެ.