އަދީބު ބޭރަށް ފޮނުވަނީ އިތުރު ގޮތެއް ނެތިގެން، އަދުލުއިންސާފަށް ހުރަސް ނޭޅޭނެ – މިނިސްޓަރ

ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު ޢަބްދުލްޤަފޫރު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވަނީ އިތުރު އެއްވެސް ގޮތެއް ނެތިގެންކަމަށް ހޯމް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ހޯމް މިނިސްޓްރީން ނެރުއްވި ނޫސްބަޔާނެއްގައި ވިދާޅުވީ، އަހުމަދު އަދީބު އަބްދުލް ޣަފޫރު ބޭރަށް ފޮނުވަން ނިންމެވީ، އޭނާގެ ސިއްހީ ހާލަތާ ގުޅިގެން، ރާއްޖޭގެ ސިއްހީ ޚިދުމަތްދޭ އެއްވެސް ތަނަކުން ލިބެން ނެތް ފަރުވާއެއް ހޯދުމަށް ޑޮކްޓަރުން ތަކުރާރުކޮށް ލަފާދިނުމާގުޅިގެން، ރާއްޖެއިން ބޭރުގެ ކަމާގުޅުންހުރި ސިއްހީ މާހިރުން ގެނެސްގެން ކުރެވުނު މަސައްކަތުންވެސް އިތުރުގޮތެއް ނުފެނުމުން ކަމަށެވެ.

ހޯމް މިނިސްޓްރީގެ ބަޔާނުގައި ވިދާޅުވެފައިވަނީ، އަދީބު ބޭސްފަރުވާއަށް އަވަށްޓެރި އިންޑިއާއަށް ފޮނުވުމަށްޓަކައި ސަލާމަތީ ގޮތުން ހަމަޖައްސަންޖެހޭ އެންމެހައި ކަންކަން ސަރުކާރުން ހަމަޖައްސާފައިވާ ކަމަށެވެ.

"އިސްވެ ދެންނެވުނު މެޑިކަލް ބޯޑުގެ ލަފާގެ މަތިން ބޭސްފަރުވާގެ ބޭނުމަށް އިންޑިއާއަށް ކުރުމަށް ހަމަޖެހިފައިވާ ދަތުރުގައި ދިވެހި ފުލުހުންނާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ގެ އޮފިސަރުން ބައިވެރިވާނެއެވެ." ހޯމް މިނިސްޓްރީން ވިދާޅުވިއެވެ.

ހޯމް މިނިސްޓްރީން އިތުރަށް ވިދާޅުވީ، އަދީބުގެ ސިއްހީ ހާލަތާ ގުޅިގެން ކަށަވަރުކޮށްދޭންޖެހޭ އަސާސީ އިންސާނީ ހައްގުތައް ކަށަވަރުކޮށްދިނުމަށްޓަކައި ރާއްޖެއިން ބޭރަށް ފޮނުވިކަމުގައިވިޔަސް އެކަމުގެ ސަބަބުން އަދުލުއިންސާފު ގާއިމުކުރުމަށް ހުރަސްނޭޅޭނެކަމަށެވެ.

"އިންސާފުގެ ކުރިމަށްޗަށް އޭނާ ހާޒިރުކުރުމަށް ހުރަސްއެޅޭނެ އެއްވެސްކަމެއް ވިޔަނުދިނުމަށްޓަކައި އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް ސަރުކާރުން އަޅާނެކަމުގެ ޔަގީންކަން މިފުރުސަތުގައި އަރުވަން" ހޯމް މިނިސްޓްރީން ވިދާޅުވިއެވެ.

ހޯމް މިނިސްޓްރީން މިހެން ވިދާޅުވިއިރު، އަދީބު ބޭސްފަރުވާއަށް ފުރުވާލާ މައްސަލައިގައި މަޖިލީހަށް ކުއްލި މައްސަލައެއް ވައްދައި، ޕްރިޒަންސް ކޮމިޝަނަރ މަޖިލީހަށް ހާޒިރުކުރުމުގެ މަސައްކަތް މަޖި

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ