އުތީމު ގަނޑުވަރު - ފޮޓޯ: އެޓޯލް ސެއިލަރު

ބޮޑުތަކުރުފާނު ކުރެއްވި ގައުމީ ޖިހާދުގެ މައްޗަށް ފިލްމެއް ހަދަނީ

ބޮޑުތަކުރުފާނު ކުރެއްވި ގައުމީ ޖިހާދު ދައްކުވައިދޭ ގޮތަށް ފިލްމެއް ހެދުމަށް ހޯމް މިނިސްޓްރީން ނިންމައިފިއެވެ. 

ގައުމީ ދުވަހުގެ މުނާސަބަތުގައި އިއްޔެ ހއ. އުތީމުގައި ބޭއްވި ރަސްމިއްޔާތުގައި ފިލްމެއް ހެދުމުގެ މަސައްކަތް އިއްޔެ ވަނީ ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އިފްތިތާހުކޮށްދެއްވައިފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ، މިނިސްޓްރީގެ އަމާޒަކީ މި ފިލްމެގެ މަސައްކަތް ނިންމުމަށްފަހު އަންނަ އަހަރުގެ ގައުމީ ދުވަހަށް ފިލްމު އާންމުންނާ ހަމައަށް ގެނެސްދިނުންކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، މިފަދަ ފިލްމެއް ގެނެސްދިނުމުގެ މަގުސަދަކީ ބޮޑުތަކުރުފާނުގެ ގައުމީ ޖިހާދާއި ގުރުބާނީ އަންނަން އޮތް ޖީލުތަކަށް އަންގައިދިނުމަކީ މުހިއްމު ކަމެއް ކަމަށް ދެކެވަޑައިގަންނަވާތީކަމަށެވެ. އަދި އެއީ ތާރީހު ރައްކާތެރި ކުރުމަށްޓަކައި ކުރެވޭ މުހިންމު މަސައްކަތެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ބޮޑުތަކުރުފާނުގެ ގައުމީ ޖިހާދާ ގުޅޭގޮތުން ހަދާ ފިލްމު ޑައިރެކްޓް ކުރުމަށް ހަމަޖެހިފައިވަނީ އޮފީސްތަކުގެ ޑްރާމާ މުބާރާތުން ފާހަގަކުރެވުނު އަޝްހަރު ވަހީދެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ